20 ނޮވެންބަރު 2023 - 20:39 0
މިރޭ ހިނގި އެކްސިޑެންޓުގައި ސައިކަލެއް ކާރުގެ ދަށުވެފައި. އަނިޔާވި މީހުންނަށް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުން --- ފޮޓޯ: އަދަދު
20 ނޮވެންބަރު 2023 - 20:39 0
ހުޅުމާލޭގައި ކާރަކާއި ތިން ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި ހަތަރު މީހުންނަށް ހޮސްޕިޓަލުގައި ފަރުވާ ދޭން ފަށައިފި އެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއަކުން ފެންނަ ގޮތުގައި އެކްސިޑެންޓު ހިނގާފައި ވަނީ ސެންޓްރަލް ޕާކު ކައިރިންނެވެ. އަދި, އެއް ސައިކަލު އޮތީ ކާރުގެ ދަށުވެފަ އެވެ. އަނިޔާ ލިބުނު މީހުންގެ ތެރެއިން އެކަކު ސްޓްރެޗަރަކަށް ލައިގެން ގޮސް އެމްބިއުލާންސަށް އަރުވަން ގެންދާ މަންޒަރު އެ ވީޑިއޯ އިން ފެނެ އެވެ.
އެކްސިޑެންޓު ހިނގި ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަނީ --- ފޮޓޯ: އަދަދު
ފުލުހުން ހިއްސާކުރި މައުލޫމާތުތަކުން އެނގޭ ގޮތުގައި އަނިޔާ ލިބުނީ އެކްސިޑެންޓުވި ތިން ސައިކަލުގެ ތެރެއިން ދެ ސައިކަލެއްގައި ތިބި މީހުންނަށެވެ. އެއީ ދެ އަންހެނުންނާއި ދެ ފިރިހެނުން ކަމަށް ފުލުހުން ބުނެ އެވެ.
އަދި, އޭގެ ތެރެއިން ފިރިހެނަކާއި އަންހެނެއްގެ ހާލު ސީރިއަސް ކަމަށް އެ މީހުން ގެންދިޔަ ހުޅުމާލޭ ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.
އެކްސިޑެންޓު ހިނގި ސަރަހައްދު ބަންދުކޮށް އެކަމުގެ ތަހުގީގު ފުލުހުން މިހާރު ވަނީ ފަށާފަ އެވެ.
Comment