Advertisement

ކޮރެޔާގެ މަޝްހޫރު ބްރޭންޑް "އިނޮސް" ގެ ޓީވީ މިހާރު ރެޑްވޭވްއިން!

19 ނޮވެންބަރު 2023 - 11:27 0

މަރިޔަމް އަފާ ނިޒާމް

މަރިޔަމް އަފާ ނިޒާމް


ކޮރެޔާގެ މަޝްހޫރު ބްރޭންޑް "އިނޮސް" ގެ ޓީވީ މިހާރު ރެޑްވޭވްއިން!

19 ނޮވެންބަރު 2023 - 11:27 0

ރެޑްވޭވްއިން ސައުތު ކޮރެއާގެ މަޝްހޫރު "އިނޮސް" ބްރޭންޑުގެ ޓީވީ ރާއްޖޭގެ ބާޒާރަށް ތައާރަފުކޮށްފި އެވެ.

ރެޑްވޭވްއަކީ އިނޮސް ޓީވީގެ ރާއްޖޭގެ އޮތޮރައިޒްޑް ޑިސްޓިބިއުޓަރެވެ. އިނޮސް ޓީވީގެ ގޫގަލް ޓީވީގެ 50 އިންޗި ޒީރޯ އެޑިޝަން އަދި 55 އިންޗި ކޭޔޫ ސީރީސް ހެޔޮ އަގުތަކުގައި މިހާރު ރެޑްވޭވްއިން ލިބެން ހުންނާނެ އެވެ.

މި ދެމޮޑެލްގައި ވެސް ޒަމާނީ ގިނަ ފީޗާސްތަކެއް އެކުލެވިގެންވެ އެވެ. އެގޮތުން ގޫގުލްގެ އެންމެ ފަހުގެ ގޫގުލް ޓީވީގެ އޯއެސް ހަލުވިވެފައި، ގިނަ އެޕްލިކޭޝަންތައް ޑައުންލޯޑުކޮށްލެވޭނެ އެވެ. އަދި ވޮއިސްކޮމާންޑުން ޓީވީގެ އެޕްލިކޭޝަންތައް ވެސް ކޮންޓްރޯލް ކުރެވޭނެ އެވެ. މިއާ އެކު، ޑޮލްބީ ވިޝަން އަދި ޑޮލްބީ އެޓްމޮސްއިން މަންޒަރާއި އަޑު އިތުރަށް ސާފުވެގެންދާނެ ކަމަށް ރެޑްވޭވްއިން ބުނެ އެވެ.

މި ޓީވީ ތަކުގައި ހިމެނިފައިވާ 4ކޭ އަލްޓްރާ އެޗްޑީ ސްކްރީންގެ ސަބަބުން ޕިކްޗާ ކޮލިޓީ ރަނގަޅުވެ، ކޮންޓްރާސްޓް އިތުރުކޮށް ވައިބްރަންޓް ކުލަތަކަށް ހެޗްޑީއާރު 10 ސަޕޯޓުކޮށްދެ އެވެ. އަދި ޓީވީގައިވާ ފައިވް ގިގަހާޓްޒް އިންޓާނެޓު ހިދުމަތާއެކު މެދުކެނޑުމެއްނެތި އަވަސް އިންޓަނެޓް ލިބޭނެ އެވެ.

އެގޮތުން ފަސޭހަކަމާއެކު ޓީވީއިން ނެޓްޕްލިކްސް، ޔޫޓިޔުބް، އެޕަލް ޓީވީ، ހުލޫ އަދި ޕްރައިމް ވީޑިޔޯއާއި ބްލޫޓޫތު ބޭނުންކުރެވޭނެ ކަމަށް ވެސް ރެޑްވޭވް އިން ބުނެ އެވެ.

ރެޑްވޭވްއިން އިނޮސް ޓީވީ ގަންނަ ކަސްޓަމަރުންނަށް އެއް އަހަރު ދުވަހުގެ ވޮރަންޓީއެއް ދޭނެ އެވެ. އަދި އެމްއައިބީ އަދި އެމްއެފްއެލްސީ ފަދަ އެކި ސްކީމްތަކުގެ ދަށުން މި ބްރޭންޑުގެ ޓީވީ ގަނެވޭނެ ކަމަށް އެ ފިހާރަ އިން ބުނެ އެވެ.

މާލެ، ހުޅުމާލެ އަދި ބޯޓުތަކަށް ހިލޭ ޑެލިވަރީކޮށްދިނުމުގެ އިތުރުން މާލެ އަދި ހުޅުމާލެ ސަރަހައްދުތަކަށް ޓީވީ އިންސްޓޯލްކޮށްދީ ޓެސްޓުކޮށްދިނުމުގެ ހިދުމަތްވެސް ރެޑްވޭވްއިން ފޯރުކޮށްދެ އެވެ.

ރެޑްވޭވްގެ ޕެވިލިޔަން، އިލެކްޓްރޯނިކްސް، ލިވިންގް އަދި މެގަމޯލްއިން "އިނޮސް" ބްރޭންޑުގެ ޓީވީ ލިބެން ހުންނާނެ އެވެ.