Advertisement

އައްޑޫ ފަޅު ރަށަކަށް ދަތުރު ގޮސް އުޅުނު ޒުވާނަކު މަރުވެއްޖެ

18 ނޮވެންބަރު 2023 - 17:07 0

މުހައްމަދު ޖަމްޝަތު ވަހީދު

މުހައްމަދު ޖަމްޝަތު ވަހީދު


އައްޑޫ ފަޅު ރަށަކަށް ދަތުރު ގޮސް އުޅުނު ޒުވާނަކު މަރުވެއްޖެ

18 ނޮވެންބަރު 2023 - 17:07 0

އައްޑޫ ސިޓީ ހިދަތޫ ކައިރީގަ އޮންނަ ފަޅު ރަށެއް ކަމަށްވާ އެއްރުއްހެރާއަށް ދަތުރު ގޮސް އުޅުނު ޒުވާނަކު މަރުވެއްޖެ އެވެ.

ފުލުހުން ބުނީ މަރުވެފައިވަނީ 29 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

ދަތުރުގޮސް އުޅެނިކޮށް އޭނާގެ ހާލު ސީރިއަސްވެގެން ކޯސްޓުގާޑުގެ އެހީތެރިކަމާ އެކު ފޭދޫ ސިއްހީ މަރުކަޒަށް މިއަދު މެންދުރު ފަހު 12:55 ހާއިރު ގެންދިޔައީ އެވެ. ނަމަވެސް ގެންދިޔަ އިރުވެސް އޭނާ މަރުވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެނގިފައިވާ ގޮތުގައި އޯވަނައިޓަށް މަޑުކުރާ ގޮތަށް އޭނާ އެ ރަށަކަށް ދަތުރު ދިޔައީ ރައްޓެހިންނާއި އާއިލާގެ ބަޔަކާއެކު އިއްޔެ ހަވީރު އެވެ.