Advertisement

ޕޮލިސް ކޮމިޝަނަރު އައްޔަން ކުރުމުގެ ގާނޫނީ މަސައްކަތް ފަށައިފި: ހޯމް މިނިސްޓަރު

18 ނޮވެންބަރު 2023 - 05:27 0

މުހައްމަދު އުޝާމް

މ

Advertisement

ހޯމް މިނިސްޓަރު އިހުސާން؛ ޕޮލިސް ކޮމިޝަނަރަކު އައްޔަން ކުރެއްވުމުގެ ގާނޫނީ މަސައްކަތްތައް ފަށާފައިވާ ކަމަށް ވިދާޅުވި - ފޮޓޯ: ރައީސް އޮފީސް


ޕޮލިސް ކޮމިޝަނަރު އައްޔަން ކުރުމުގެ ގާނޫނީ މަސައްކަތް ފަށައިފި: ހޯމް މިނިސްޓަރު

18 ނޮވެންބަރު 2023 - 05:27 0

Advertisement

Advertisement

ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ބޭފުޅަކު އައްޔަން ކުރެއްވުމުގެ ގާނޫނީ މަސައްކަތް ފަށާފައިވާ ކަމަށް، ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

އެ މަގާމު ހުސްވީ ނޮވެމްބަރު 15، އިން ފެށިގެން ކުރިން އެ މަގާމުގައި ހުންނެވި މުހައްމަދު ހަމީދު ފުލުހުންގެ ހިދުމަތުން ރިޓަޔާ ކުރެއްވުމުންނެވެ.

Advertisement

މިނިސްޓަރު އިހުސާން "އަދަދު" ނޫހަށް ވިދާޅުވީ، ވަޒީރުގެ މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ބޭފުޅަކު އައްޔަން ކުރުމަށް ގާނޫނުގައި ބަޔާންކުރާ އިޖުރާއަތްތައް ކުރިއަށްދާ ކަމަށެވެ.

"ގާނޫނުގައި އެބަ އޮތް 45 ދުވަހުގެ މުއްދަތެއް ވެސް، މިހާރު ވެސް ގާނޫނީ މަސައްކަތްތައް އެބަ ހިނގާ،" މިނިސްޓަރު އިހުސާން ވިދާޅުވި އެވެ.

ފުލުހުންގެ ހިދުމަތުގެ އާ ގާނޫނުގައި އޮންނަ ގޮތުން ޕޮލިސް ކޮމިޝަނަރުގެ މަގާމު ހުސްވެއްޖެ ހާލަތެއްގައި، ކުރިމަތިލުމަށް ހުޅުވާލަން ޖެހޭ ކަމަށެވެ.

Advertisement

އަދި ކުރިމަތިލާ ފަރާތްތައް ޕޮލިސް ބޯޑުން އިންޓަވިއުކޮށް ފެންވަރު ވަޒަން ކުރަން ޖެހެ އެވެ. އިންޓަވިއު ކުރުމަށް ފަހު، އެ ކަމުގައި ރައީސުލްޖުމްހޫރިއްޔާއަށް ލަފައެއް އަރުވަން ޖެހެ އެވެ.

ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ބޭފުޅަކު އައްޔަން ކުރެއްވުމުގެ އިހުތިޔާރު އަދިވެސް އޮންނަނީ ރައީސުލްޖުމްހޫރިއްޔާއަށެވެ.