Advertisement

ބިދޭސީ މަސައްކަތްތެރިންގެ ކްރިކެޓް ކާނިވަލު އަންނަ މަހު

16 ނޮވެންބަރު 2023 - 11:24 0

މަރިޔަމް އަފާ ނިޒާމް

މަރިޔަމް އަފާ ނިޒާމް

މިދިޔަ އަހަރު ބޭއްވި މައިގްރެންޓް ވޯކާސް ކްރިކެޓް ކާނިވަލްގެ ތެރެއިން -- ފޮޓޯ: އުރީދޫ


ބިދޭސީ މަސައްކަތްތެރިންގެ ކްރިކެޓް ކާނިވަލު އަންނަ މަހު

16 ނޮވެންބަރު 2023 - 11:24 0

އުރީދޫ އަދި މިޝަން ފޯ މައިގްރެންޓް ވޯކާސް އޮފް މޯލްޑިވްސް (އެމްއެމްޑަބްލިއުއެމް) ގުޅިގެން ކުރިއަށް ގެންދާ މައިގްރެންޓް ވޯކާސް ކްރިކެޓް ކާނިވަލްގެ ތިންވަނަ ކާނިވަލް އަންނަ ޑިސެމްބަރު 1، ގައި ބާއްވަން އިއުލާނުކޮށްފި އެވެ.

އެމްއެމްޑަބްލިއުއެމް އާއި ކްރިކެޓް އެސޯސިއޭޝަނާ ގުޅިގެން ބާއްވަމުން އަންނަ މި މުބާރާތަކީ ބިދޭސީ މަސައްކަތްތެރިންގެ ފަރާތުން މުޖުތަމައުއަށް ލިބޭ އެހީ ފާހަގަކޮށް އެ މީހުންގެ މަސައްކަތް ބަލައިގަތުމުގެ ގޮތުން ބާއްވާ މުބާރާތެކެވެ.

އުރީދޫގެ އިތުރުން މި އަހަރުހެ މުބާރާތުގެ ޕާޓްނަރުންގެ ގޮތުގައި އާބަންކޯ އާއި މޯލްޑިވްސް ކްރިކެޓް ބޯޑު ހަރަކާތްރެިވާނެ އެވެ.

މި އަހަރު އެމްއެމްޑަބްލިޔުއެމް އިން ވަނީ ކާނިވަލް ފުޅާކޮށް، 40 ޓީމަކަށް ޖާގަދީ، މުނިފޫހިފިލުވުމަށް އިތުރު ސްޓޯލްތައް ވެސް ތައާރަފުކޮށްފަ އެވެ.

މި މުބާރާތުގައި ރަޖިސްޓްރީ ކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފަ އެވެ. އެގޮތުން ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އެމްއެމްޑަބްލިއުއެމްގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކާއި، ވެބްސައިޓް މެދުވެރިކޮށް، ނުވަތަ އެޕްލިކޭޝަން ފޯމް ފުރިހަމަކޮށް އަށް އީމެއިލް ކޮށްގެން ރަޖިސްޓްރީ ވެވޭނެ އެވެ،

ކުރީ އަހަރުގެ ކާނިވަލާ އެއްގޮތަށް، މިއަހަރުގެ އިވެންޓުގައިވެސް މަސައްކަތްތެރިންނަށް ހިލޭ މެޑިކަލް ސްކްރީނިންތަކާއި ގާނޫނީ އެހީތެރިކަން ފޯރުކޮށްދޭނެ އެވެ.