Advertisement

އެސްއެމްއީ ފައިނޭންސް ފޯރަމުގެ މެންބަރުކަން އެސްޑީއެފްސީއަށް ލިބިއްޖެ

16 ނޮވެންބަރު 2023 - 12:51 0

މަރިޔަމް އަފާ ނިޒާމް

މަރިޔަމް އަފާ ނިޒާމް

އެސްޑީއެފްސީ. މިހާތަނަށް އެ ކޯޕަރޭޝަނުން ވަނީ ދެ ބިލިއަނަށް ވުރެ ގިނަ ރުފިޔާ ލޯނު ފައިސާގެ ގޮތުގައި ދޫކޮށްފައި -- ފޮޓޯ: އަދަދު


އެސްއެމްއީ ފައިނޭންސް ފޯރަމުގެ މެންބަރުކަން އެސްޑީއެފްސީއަށް ލިބިއްޖެ

16 ނޮވެންބަރު 2023 - 12:51 0

"އެސްއެމްއީ ފައިނޭންސް ފޯރަމް"ގެ މެންބަރުކަން ރާއްޖޭގެ އެސްއެމްއީ ޑިވަލޮޕްމަންޓް ފައިނޭންސް ކޯރޕަރޭޝަން (އެސްޑީއެފްސީ) އަށް ލިބިއްޖެ އެވެ. މިއީ އެ ޖަމިއްޔާގެ މެންބަރުކަން ދިވެހި ކުންފުންޏަކަށް ލިބުނު ފުރަތަމަ ފަހަރެވެ.

އެސްއެމްއީ ފައިނޭންސް ފޯރަމްގެ މެންބަރުކަން އެސްޑީއެފްސީއަށް ލިބުމާ ގުޅިގެން އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޒީނާދު ވިދާޅުވީ، އެ ޖަމިއްޔާ އާއި ގުޅި އިންޑަސްޓްރީގެ ލީޑަރުންނާއި ގުޅުން ބަދަހިކޮށް، ދާއިރާއާއި ގުޅުން ހުރި އައު އިލްމާއި ތަޖުރިބާ ހޯދުމަށް މަސައްކަތް ކުރާނެ ކަމަށެވެ.

އެގޮތުން, ޕާޓްނާޝިޕްތައް ގާއިމުކޮށް، އެމްއެސްއެމްއީ ފައިނޭންސްގެ ދާއިރާގައި އެ ކޯޕަރޭޝަންގެ ބްރޭންޑް އިތުރަށް ޕްރޮމޯޓު ކުރުމަށް މަސައްކަތް ކުރާނެ ކަމަށް ޒީނާދު ވިދާޅުވި އެވެ.

އެސްއެމްއީ ފައިނޭންސް ފޯރަމަކީ 2012 ވަނަ އަހަރު "ޖީ20" އިން އުފެއްދި ޖަމިއްޔާއެކެވެ. މި ޖަމިއްޔާގެ މަގުސަދަކީ ދުނިޔޭގެ އެންމެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއަރުވައި، ޖަމިއްޔާގެ ބައިވެރިންގެ މެދުގައި ދާއިރާ އާއި ގުޅުންހުރި އިލްމާއި އައު އީޖާދުތައް ހިއްސާކޮށް ހިޔާލު ބަދަލުކުރުމެވެ. އަދި, އެންމެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް މާލީ އެހީ ފޯރުކޮށްދިނުމަށް އެހިތެރިވެދިނުމަކީ އެސްއެމްއީ ފައިނޭންސް ފޯރަމުގެ މަގުސަދެކެވެ.

މި ފޯރަމުގައި 190 ގައުމެއްގެ ބައިވެރިން ހިމެނޭހެން 240 އަށްވުރެ ގިނަ މާލީ އިދާރާތަކާއި، ކުންފުނިތައް މެމްބަރުންގެ ގޮތުގައި ހަރަކާތްތެރިވެ އެވެ. އަދި މި ޖަމިއްޔާ ހިންގަނީ ވޯލްޑް ބޭންކުގެ ދަށުން ހިންގާ އިންޓަރނޭޝަނަލް ފައިނޭންސް ކޯޕަރޭޝަނުންނެވެ.

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއަރުވައި މާލީ އެހީ ލުއި އިންޓްރެސްޓް ރޭޓުގައި ފޯރުކޮށްދިނުމަށް ސަރުކާރުން އުފައްދާފައިވާ ކުންފުނި، އެސްޑީއެފްސީ އިފްތިތާހުކުރީ 18 މާޗް، 2019 ގައެވެ. މިގޮތުން މިވިޔަފާރިތަކަށް ލޯނު ދިނުމުގެ އިތުރުން މާކެޓްގައި ހުރި ފުރުސަތުތަކުގެ މައުލޫމާތު ފޯރުކޮށްދީ، ވިޔަފާރިތަކުގެ ފައިނޭންޝިއަލް ލިޓެރަސީ އިތުރުކުރުމަށް އެސްޑީއެފްސީން މަސައްކަތްކުރެ އެވެ.