Advertisement

ކައިވެނި، ވަރި ފޯމު އޮންލައިންކޮށް ހުށަހެޅޭ ޕޯޓަލެއް ލޯންޗުކޮށްފި

15 ނޮވެންބަރު 2023 - 23:04 0

އާމިނަތު ނިއުޝާ

އާމިނަތު ނިއުޝާ

ކައިވެނި ޕޯޓަލް ލޯންޗުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން: މި ޕޯޓަލް މެދުވެރިކޮށް ކައިވެންޏާ ގުޅުންހުރި ފޯމުތައް އޮންލައިންކޮށް ހުށަހެޅޭނެ -- ފޮޓޯ: ޑީޖޭއޭ


ކައިވެނި، ވަރި ފޯމު އޮންލައިންކޮށް ހުށަހެޅޭ ޕޯޓަލެއް ލޯންޗުކޮށްފި

15 ނޮވެންބަރު 2023 - 23:04 0

ކައިވެންޏާ ގުޅުންހުރި ފޯމުތައް އޮންލައިންކޮށް ހުށަހެޅޭނެ ގޮތަށް ފަރުމާކޮށްފައިވާ "ކައިވެނި ޕޯޓަލް" ލޯންޗުކޮށްފި އެވެ.

ޑިޕާޓްމެންޓު އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ބުނީ މި ޕޯޓަލް މެދުވެރިކޮށް ކައިވެންޏާއި ގުޅުންހުރި ފޯމުތައް އަދި ހުށަހެޅޭނީ ހަމައެކަނި މެޖިސްޓްރޭޓް ކޯޓުތަކަށް ކަމަށެވެ.

ހަމައެކަނި މެޖިސްޓްރޭޓް ކޯޓުތަކަށް ފޯމު ހުށަހެޅޭ ގޮތަށް މިއަދު ލޯންޗުކޮށްފައި ވަނީ މި ޕޯޓަލުގެ ފުރަތަމަ ފިޔަވައްސެވެ. ކައިވެންޏާ ގުޅުންހުރި 60 ޕަސެންޓު ފޯމު ހުށަހަޅަނީ މެޖިސްޓްރޭޓް ކޯޓުތަކަށެވެ.

އެހެން ނަމަވެސް ކުރިއަށް އޮތް ތަނުގައި ފެމިލީ ކޯޓަށް ވެސް މި ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހެޅޭނެ ކަމަށް ބުންޏެވެ. މާލޭގައި ދިރިއުޅޭ މީހުންނާއި، މާލެ ކައިރީ ރިސޯޓުތައް އަދި ސިނާއީ މަސައްކަތްތައް ކުރާ ރަށްރަށުގައި އުޅޭ މީހުންގެ ވަރި/ކައިވެނީގެ މައްސަަލަތައް ހުށަހަޅަނީ ފެމިލީ ކޯޓަށެވެ. އެއީ ރާއްޖޭގައި ހުށަހަޅާ މިފަދަ ފޯމުތަކުގެ 40 ޕަސެންޓެވެ.

މި ޕޯޓަލަކީ ޔޫއެންޑީޕީއާ ގުޅިގެން ބްރިޓިޝް ހައި ކޮމިޝަނުގެ އެހީގައި ޑީޖޭއޭއިން ތަރައްގީކުރި ޕޯޓަލެކެވެ. ޕޯޓަލް އުފެއްދުމުގެ މަގްސަދަކީ ކޯޓުތަކުން ދޭ ހިދުމަތްތަކާއި އެ ހިދުމަތްތައް ހޯދާ މީހުންނަށް ލުއިފަސޭހަކުރުން ކަމަށް ޑީޖޭއޭ އިން ބުނެ އެވެ.