Advertisement

އޯޑަރުކުރީ އައިފޯން 15 ޕްރޯއެއް، ލިބުނީ އެންޑްރޮއިޑެއް

16 ނޮވެންބަރު 2023 - 06:29 0


އޯޑަރުކުރީ އައިފޯން 15 ޕްރޯއެއް، ލިބުނީ އެންޑްރޮއިޑެއް

16 ނޮވެންބަރު 2023 - 06:29 0

އެޕަލް ސްޓޯރު މެދުވެރިކޮށް އައިފޯން 15 ގަތް މީހަކަށް އެންޑްރޮއިޑް ފޯނެއް ލިބުނު މައްސަލައެއް ފެންމަތިވެއްޖެ އެވެ.

އިނގިރޭސިވިލާތުގައި ދިރިއުޅޭ އެޑް ނަމަކަށް ކިޔާ މީހަކު އޯޑަރު ކުރީ އައިފޯން 15 ޕްރޯއެކެވެ. ޕޯސްޓުން ޕެކޭޖް އައިއިރު ލިބުނީ އައިފޯނަކާ ވައްތަރު، ނަމަވެސް އެންޑްރޮއިޑް އޮޕަރޭޓިން ސިސްޓަމް ހިމެނޭ ފޭކު ފޯނެކެވެ.

އޭނާ ފޯނަށް އޯޑަރު ޖެހީ އެޕަލްގެ ރަސްމީ ވެބްސައިޓުންނެވެ. ކޮންފޮމޭޝަން އަދި ޓްރެކިން އީމެއިލް ވެސް ލިބުނެވެ.

ބޭރު ޓައިޓެނިއަމްއިން ތައްޔާރުކޮށްފައިވާ އަސްލު އައިފޯން 15 ޕްރޯއަކާ ލިބުނު އެ ފޭކް ފޯނު ވަރަށް ވައްތަރު ކަމަށް އެޑް ބުންޏެވެ. ނަމަވެސް، ގާތުން ބަލައިލުމުން އެއީ އައިއޯއެސް އިންޓަފޭސް ނަކަލު ކުރުމަށް ފަރުމާކޮށްފައިވާ އެންޑްރޮއިޑް މޮޑެލެއްކަން އެނގުނެވެ.

ފޯނު ފޭކުކަން ހާމަވި އެހެން ބައެއް ކަންކަމުގައި ފޯނުގައި ސްކްރީން ޕްރޮޓެކްޓަ އަޅުވާފައިވުމާއި ޔޫޓިޔުބް އަދި ފޭސްބުކް ފަދަ ބައެއް އެޕްލިކޭޝަންތައް އިންސްޓޯލްކޮށްފައި ހުރުން ހިމެނެ އެވެ.

އެ މައްސަލަ އެޕަލް ކުންފުނީގައި ޖެއްސި ނަމަވެސް އަދި ވަކި ގޮތެއް އެ ކުންފުނިން ނުނިންމަ އެވެ.

ދާދި ފަހުން ޓިކްޓޮކް އެކައުންޓެއްގައި ވެސް މިފަދަ ހާދިސާއެއްގެ ތަފްސީލު ކިޔާދީފައިވެ އެވެ. އެ ހާދިސާގައިވެސް އެޕަލް އައިފޯން 15 ޕްރޯ މެކްސްއަށް އޯޑަރުކުރުމުން ލިބިފައިވަނީ ވަގު ނުވަތަ ފޭކު އެންޑްރޮއިޑް ފޯނެއް ކަމަށްވެ އެވެ.