Advertisement

އެމްބާޕޭ ބަޔާންއަށް ގެންދަން ޓުޗެލް ބޭނުންވޭ

14 ނޮވެންބަރު 2023 - 10:18 0


އެމްބާޕޭ ބަޔާންއަށް ގެންދަން ޓުޗެލް ބޭނުންވޭ

14 ނޮވެންބަރު 2023 - 10:18 0

މިޔުނިކް (ނޮވެމްބަރު 14) - ޕީއެސްޖީ ދޫކޮށްލަން ތައްޔާރުވަމުން އަންނަ ފޯވާޑް ކިލިއަން އެމްބާޕޭ ބަޔާން މިޔުނިކަށް ގެންދަން ޝައުގުވެރިވާކަމަށް ބަޔާންގެ ކޯޗު ތޯމަސް ޓުޗެލް ހާމަކޮށްފި އެވެ.

އެމްބާޕޭ 24، ޕީއެސްޖީއާއެކު ހަދާފައިވާ ކޮންޓްރެކްޓް މި ސީޒަންގެ ނިޔަލަށް ހަމަވާނެ އެވެ. އާ ކޮންޓްރެކްޓެއްގައި ސޮއިކުރުވަން ޕީއެސްޖީއިން ބޭނުންވިޔަސް އެމްބާޕޭ ބޭނުންވަނީ އެކުލަބު ދޫކޮށްލާށެވެ.

ޕީއެސްޖީ ދޫކޮށް އެމްބާޕޭ އެންމެ ދާން ބޭނުންވާ ކުލަބަކީ ރެއާލް މެޑްރިޑް އެވެ. ނަމަވެސް މިދިޔަ ސީޒަނުގައި ފަހު ވަގުތު އެމްބާޕޭ ޕީއެސްޖީގައި މަޑުކުރަން ނިންމުމުން ރެއާލްގެ ވެރިންތިބީ ހިތްހަމަނުޖެހިފަ އެވެ. އަދި ހިލޭ ޓްރާންސްފާއެއްގައި އެމްބާޕޭ ގަންނަން ލިބުނަސް ޝައުގުވެރިކަމެއް ނެތްކަމަށް އެ ކްލަބުން ވަނީ ހާމަކޮށްފަ އެވެ.

އެމްބާޕޭ ގެންދަން ދާދި ފަހުން ޝައުގުވެރިކަން ފާޅުކުރީ ޖަރުމަންގެ ޗެމްޕިއަން ބަޔާން މިޔުނިކުންނެވެ. އެކުލަބުގެ ކޯޗު ތޯމަސް ޓުކެލް ވަނީ 2018 އިން 2020 އަށް ޕީއެސްޖީގައި އެމްބާޕޭއަށް އިރުޝާދުދީފަ އެވެ.

"އެމްބާޕޭ ހިލޭ ލިބިއްޖެއްޔާ ޔަގީނުންވެސް އޭނާ ގެންނާނަން. އޭނާ ބަޔާން މިޔުނިކަށް ކުޅޭނެ. އަހަރެން އަމިއްލައަށް ގޮސް އެމްބާޕޭ ގެންނާނީވެސް" ކޯޗު ޓުޗެލް ބުންޏެވެ.

ޓުޗެލް ބުނީ އެމްބާޕޭ އަކީ ވަރަށް ވިސްނުންތޫނު ކުޅުންތެރިއެއްކަމަށާއި، އެވަރުގެ ކުޅުންތެރިއަކު ލިބެން އޮއްވާ ދޫނުކޮށްލާނެކަމަށެވެ. އަދި އެމްބާޕޭއާއެކު ގާތް ގުޅުމެއް އޮންނަކަން ޓުޗެލް ފާހަގަކުރި އެވެ.

އެމްބާޕޭގެ މަގުބޫލުކަން ފްރާންސްގެ ފުޓްބޯޅައިގައި ބޮޑުވިނަމަވެސް ޕީއެސްޖީގެ ކޯޗު ލުއީ އެންރީކޭ އަށް އެމްބާޕޭގެ ކުޅުމުގެ ސްޓައިލް އެހާ ކަމަކު ނުދެ އެވެ. ބައެއް މެޗުތަކުގައި އެމްބާޕޭގެ މަސައްކަތު ރޭޓާ ގުޅޭގޮތުން އެންރީކޭ ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.

ޔޫރޯ ކޮލިފައިންގައި ފްރާންސްގެ ގައުމީ ޓީމް ކުޅޭ ދެ މެޗަށް އެމްބާޕޭ މިވަގުތު ހުރީ ގައުމީ ޓީމާ އެކުގަ އެވެ. އަންނަ އަހަރު ޖަރުމަންގައި އޮންނަ ޔޫރޯއަށް އެ ޓީމު ކޮލިފައިވެފައިވާއިރު ކޮލިފައިން ގްރޫޕްގެ ފަހު ދެ މެޗުގައި މިމަހުގެ 19 ގައި ޖިބްރަލްޓާއާ ދެކޮޅަށް ފްރާންސް ނުކުންނައިރު، ފަހު މެޗުގައި މިމަހު 22 ގައި ނުކުންނާނީ ގްރީސްއާ ދެކޮޅަށެވެ.