Advertisement

އަމީރުގެ މައްސަލަ ލިޔުމުން ހުށަހަޅަން ނަޝީދަށް ރިޔާސަތުން އަންގަވައިފި

14 ނޮވެންބަރު 2023 - 10:01 0

މިންހާ އަބްދުﷲ

މިންހާ އަބްދުﷲ

މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް - ފޮޓޯ: މަޖިލިސް


އަމީރުގެ މައްސަލަ ލިޔުމުން ހުށަހަޅަން ނަޝީދަށް ރިޔާސަތުން އަންގަވައިފި

14 ނޮވެންބަރު 2023 - 10:01 0

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ގާނޫނާ ހިލާފުވެފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ގަބޫލުކުރައްވާ ނަމަ އެކަން ލިޔުމުން ހުށަހެޅުއްވުމަށް މަޖިލީހުގެ އާ ރައީސް މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިއަދު ބަޖެޓް ހުށަހެޅުއްވި އިރު މަޖިލީހުގެ ކުރީގެ ރައީސް އަދި މައްޗަންގޮޅީމެދު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު ވަނީ އަމީރު ގާނޫނާ ހިލާފުވެފައިވާ ކަމަށް ތުހުމަތުކުރައްވައި މައްސަލަ ޝަރީއަތަށް ފޮނުވުމަށް އެދިވަޑައިގެންފަ އެވެ.

ނަޝީދު އެ އިޝާރާތްކުރެއްވީ، އެމަނިކުފާނުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާފައި އޮއްވާ، އަމީރު ބަޖެޓް ހުށަހަޅަން ވަޑައިނުގެންނެވި މައްސަލަ އަށެވެ. އިތުބާރު ނެތްކަމުގެ މައްސަލަ ނުނިމު އޮތަސް ބަޖެޓް ހުށަހެޅުން ފަދަ ކަންކަން ކުރިއަށް ގެންދެވޭނެ ކަމަށް ސުޕްރީމް ކޯޓުން ވަނީ ބުނަފަ އެވެ.

އަމީރު މިއަދު ބަޖެޓް ހުށަހަޅުއްވަން އެ ވަޑައިގެންނެވީ ނަޝީދު އިއްޔެ އިސްތިއުފާ ދެއްވުމުން، މަޖިލީހުގެ އާ ރައީސަކަށް އަސްލަމް އިންތިހާބުކުރުމަށް ފަހު ބޭއްވި ފުރަތަމަ ޖަލްސާ އަށެވެ.

މިއަދުގެ ޖަލްސާ ފެށުނީއްސުރެ ގިނަ މެމްބަރުންތަކެއް އައީ އެއް ފަހަރާ ނިޒާމީ ނުކުތާތައް ނަގަމުންނެވެ. އެގޮތުން ނަޝީދު އެފަދަ ނުކުތާއެއް ނަންގަވައި ވިދާޅުވީ އަމީރު މިހާތަނަށް ބަޖެޓު ހުށަހެޅުއްވުން ލަސްކުރައްވާފައިވަނީ ގާނޫނާ ހިލާފަށް ކަމަށެވެ.

ޖަވާބުގައި އަސްލަމް ވިދާޅުވީ، އަމީރު ބަޖެޓް ހުށަހަޅަން ވަޑައިނުގެންނެވީ ސަބަބު، އޭރު ރައީސަކަށް ހުންނެވި ނަޝީދަށް ސިޓީއަކުން އަންގަވާފައި ކަމަށެވެ. އަދި އެ ސިޓީން ގާނޫނާ ހިލާފު ކަމެއް ފާހަގަކުރެއްވޭ ނަމަ އެކަން ލިޔުމަކުން ހުށަހަޅުއްވަން އަސްލަމް ވަނީ ނަޝީދުގެ ކިބައިން އެދިވަޑައިގެންފަ އެވެ.