Advertisement

މުއިއްޒު ނޫސްވެރިންނާއެކު ބައްދަލުވުމެއް ބާއްވަވަނީ

13 ނޮވެންބަރު 2023 - 10:10 1

ނިމާ ހަސަން

ނިމާ ހަސަން

އިންތިހާބަށްފަހު ކާމިޔާބީ ފާހަގަކުރައްވަން ބޭއްވި ހަފްލާގައި މުއިއްޒު; އިންތިހާބީ ރައީސް މިރޭ މީޑިއާތަކާ ބައްދަލުކުރައްވާގޮތަށް ވަނީ ހަމަޖެހިފައި -- ފޮޓޯ: އަދަދު


މުއިއްޒު ނޫސްވެރިންނާއެކު ބައްދަލުވުމެއް ބާއްވަވަނީ

13 ނޮވެންބަރު 2023 - 10:10 1

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ރާއްޖޭގެ ނޫސްވެރިންނާ އެކު ސޯޝަލް ސެންޓަރުގައި ބައްދަލުވުމެއް ބާއްވަވާނެ އެވެ.

ރޭގަނޑުގެ ކެއުމަކާ އެކު ބާއްވާ މި ބައްދަލުކުރެއްވުމުގައި ރަސްމީ އެއްވެސް އެޖެންޑާއެއް ނެތެވެ. މިއީ އެމަނިކުފާނު ނޫސްވެރިންނާ ގުޅުން ބަދަހިކުރެއްވުމަށްޓަކައި ނުރަސްމީކޮށް ބާއްވަވާ ބައްދަލުވުމެކެވެ.

މުއިއްޒުގެ އޮފީހުން އިއްޔެ ނޫސް އިދާރާތަކަށް ފޮނުވި ދައުވަތުގައި ވަނީ ކޮންމެ މީޑިއާއަކުން ވެސް ބޭނުންވާ އަދަދަކަށް މި ބައްދަލުކުރެއްވުމުގައި ނޫސްވެރިން ބައިވެރިވެވޭނެ ކަމަށެވެ.

މިއީ ރައީސްގެ މަގާމަށް އިންތިހާބުވި ފަހުން މުއިއްޒު ނޫސްވެރިންނާ އެކު ބާއްވަވާ ފުރަތަމަ ބައްދަލުވުމެކެވެ.

މިހާރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ 2018 ގެ އިންތިހާބު ކާމިޔާބުކުރެއްވުމަށް ފަހު އިންތިހާލީ މަރުހަލާގައި ރާއްޖޭގެ ބޮޑެތި މީޑިއާތަކަށް ވަޑައިގެން ނޫސްވެރިންނާ ބައްދަލުކުރައްވައިފަ އެވެ. އަދި އެމަނިކުފާނު ވަނީ އެންމެ ފަހުގެ ދެ ރޯދަ މަހު ނޫސްވެރިންނަށް ރޯދަ ވީއްލުމެއް ވެސް ދެއްވައިފަ އެވެ.

ނޫސްވެރިންނާ އެކު ނުރަސްމީ ބައްދަލުވުންތައް ބޭއްވެވުމަކީ ދުނިޔޭގެ ހުރިހާ ތަނެއްގައި ވެސް ވެރިން، ޕީއާރް އަށް ވަރަށް ގިނައިން ކުރައްވާ ކަމެކެވެ.

ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމާ މުއިއްޒު ރަސްމީކޮށް ހަވާލުވެވަޑައިގަންނަވާނީ އަންނަ ހުކުރު ދުވަހު ހަވީރު ޖުމްހޫރީ މައިދާނުގައި ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ހާއްސަ ޖަލްސާއެއްގަ އެވެ.