Advertisement

ވެލިދޫ އިންޑަސްޓްރިއަލް ޒޯނުގައި ބޯޓު ޔާޑެއް ތަރައްގީކުރަން ހަވާލުކޮށްފި

12 ނޮވެންބަރު 2023 - 17:16 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ވެލިދޫ ވެލިދޫ އިންޑަސްޓްރިއަލް ޒޯނުގައި ބޯޓު ޔާޑެއް ތަރައްގީކުރަން ހަވާލުކުރުމުގެ އެއްބަސްވުން ބަދަލުކުރަނީ - ފޮޓޯ: ވެލިދޫ ކައުންސިލް


ވެލިދޫ އިންޑަސްޓްރިއަލް ޒޯނުގައި ބޯޓު ޔާޑެއް ތަރައްގީކުރަން ހަވާލުކޮށްފި

12 ނޮވެންބަރު 2023 - 17:16 0

ނ. ވެލިދޫ އިންޑަސްޓްރިއަލް ޒޯނުގައި ބޯޓު ޔާޑެއް ތަރައްގީކޮށް ހިންގުމަށް ބަޔަކާ ހަވާލުކޮށްފި އެވެ.

ވެލިދޫ ކައުންސިލް އިދާރާގައި ކުރިއަށްދިޔަ ބައްދަލުވުމެއްގައި މި މަޝްރޫއު ހަވާލުކޮށްފައިވަނީ އަމިއްލަ ކުންފުންޏެއް ކަމަށްވާ ސެއިލިން ޓުއާސް އާ އެވެ. އެ އިދާރާގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ކައުންސިލް މެންބަރު މުހައްމަދު އަލީ އެވެ.

މި މަޝްރޫއު ހިންގާނެ ފަރާތެއް ހޯދުމަށް ވެލިދޫ ކައުންސިލުން އިއުލާނުކުރީ މި އަހަރުގެ މާޗު މަހު އެވެ. އެ އިއުލާނުގައިވާ ގޮތުން އެ ރަށުގައި ތަރައްގީކުރެވިގެންދާނީ 50,000 އަކަފޫޓުގެ ބޯޓު ޔާޑެކެވެ. އެތަން ހިންގުމަށް ހަވާލުކުރެވޭނީ 30 އަހަރުގެ މުއްދަތަކަށެވެ.

އިއުލާނުގައިވާގޮތުން މި މަޝްރޫއަށް ޝަރުތު ހަމަވާނީ އެ އިދާރާއަށް ދައްކަން ޖެހޭ ފައިސާއެއް އޮތް ނަމަ ދައްކާފައިވާ ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ގިންތިތަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތަކަށެވެ.