Advertisement

މެމްބަރުންގެ އިމްތިޔާޒަށް އަފީފު އަަރައިގަތް ކަމަށް ބުނެ ސުލޫކު ކޮމެޓީއަށް

12 ނޮވެންބަރު 2023 - 12:00 0

މިންހާ އަބްދުﷲ

މިންހާ އަބްދުﷲ

ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފް: އަފީފް މެމްބަރުންގެ އިމްތިޔާޒަށް އަރައިގަތްކަމަށް ވަނީ ތުހުމަތުކޮށްފައި - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު


މެމްބަރުންގެ އިމްތިޔާޒަށް އަފީފު އަަރައިގަތް ކަމަށް ބުނެ ސުލޫކު ކޮމެޓީއަށް

12 ނޮވެންބަރު 2023 - 12:00 0

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އިމްތިޔާޒަށް އަރައިގަނެފައިވާ ކަމަށް ބުނެ ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފާއި ދެކޮޅަށް ސުލޫކު ކޮމެޓީއަށް މައްސަލަ ހުށަހަޅައިފި އެވެ.

މި މައްސަލަ ތާވަލުކޮށްފައިވަނީ މިއަދު މެންދުރު 12:00 އަށެވެ. މައްސަލަ ހުށަހެޅީ ކޮން މެމްބަރެއްކަން ސާފުނުވިޔަސް، މި މައްސަލަ ތާވަލުކޮށްފައިވާކަން މަޖިލީހުގެ މީޑިއާ ގްރޫޕްގައި ވަނީ ހާމަކޮށްފަ އެވެ.

މައްސަލަ ބެލުމަށް މިގޮތަށް ތާވަލުކޮށްފައިވަނީ، ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒު ވެސް އެކަން ފާހަގަކުރައްވައި އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައި ވަނިކޮށެވެ. އަލީ ނިޔާޒު ވަނީ މަޖިލީހުގެ ރިޔާސަތުން 49 މެމްބަރުންގެ އިމްތިޔާޒަށް އަރައިގަނެފައިވާ ކަމަށާއި އެ މައްސަލަ ބަލައި ފިޔަވަޅު އަޅަންޖެހޭ ކަމަށް ވިދާޅުވެފަ އެވެ.

ރައްޔިތުންގެ މަޖިލީހަށް މިއަދު ތާވަލުކޮށްފައިވަނީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަކިކުރުމުގެ މައްސަލައެވެ. މައްސަލަ ކުރިއަށްގެންދަން ފެށުމާއެކު ޑިމޮކްރެޓްސްގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވަނީ މިއީ ގަވާއިދާއި ހިލާފު މައްސަލައެއްކަން ފާހަގަކުރައްވާފައެ ވެ.

އާޒިމް ނެންގެވި ނިޒާމީ ނުކުތާއަށް ފަހު، ކޮންމެ މެންބަރަކު ވެސް ގެންދެވީ ނިޒާމީ ނުކުތާގެ ފުރުސަތު ހޯއްދަވައި އެ ކަމުގައި ދެކެވަޑައިގަންނަވާ ގޮތެއް ވިދާޅުވަމުންނެވެ. އެ ބަހުސް އެތައް އިރެއް ވަން ދެން ގެންދަން ފެށުމުން އެމްޑީޕީގެ މެންބަރުން އެދުނީ އާޒިމްގެ ނުކުތާއާ މެދު ރިޔާސަތުން ގޮތެއް ނިންމުމަށެވެ.

ރިޔާސަތުގައި އިންނެވި ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފް ދެން އިއުލާން ކުރެއްވީ ގަރާރު އޮތީ މަޖިލީހުގެ ގަވާއިދާ އެއް ގޮތަށް ނޫން ކަމަށެވެ. ޑިމޮކްރެޓްސްއަށް ނިސްބަތްވާ އެ މެންބަރު، ޑިމޮކްރެޓްސްގެ ސްޓޭންޑާ އެއް ގޮތަށް ކަނޑައެޅުއްވުމަށް ފަހު ޖަލްސާ ނިންމަވާލެއްވި އެވެ.

އޭގެ ފަހުން ހެނދުނު 11:30 އަށް ދެވަނަ ޖަލްސާއެއް ވެސް ހަމަ އެ އެޖެންޑާއާއެކު ތާވަލުކޮށްފައިވެ އެވެ. ނަމަވެސް ޑިމޮކްރެޓްސްއަށް ނިސްބަތްވާ، މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ރިޔާސަތު ބެލެހެއްޓެވި އެ ޖަލްސާ ވެސް ނިންމަވާލެއްވީ އެޖެންޑާގައި ވަނީ ރިޔާސަތުން ބޭރުކޮށްފައިވާ މައްސަލައެއް ކަމަށް ވިދާޅުވެ އެވެ.

މީގެ ކުރިން ވެސް ނަޝީދު ވަކިކުރުމުގެ ގަރާރު އެކި ފަހަރު މަތިން ގެންދަން މަސައްކަތްކޮށްގެން ވެސް އެ ކަން ކުރެވޭ ގޮތެއް ވަނީ ނުވެފަ އެވެ.