Advertisement

ބަޑިއެއްގެ ސިފަޔަށް އިން ލައިޓަރެއް ގެންނަން އުޅުނު ދިވެއްސަކު ލަންކާ އެއާޕޯޓުން ހައްޔަރުކޮށްފި

11 ނޮވެންބަރު 2023 - 22:48 3


ބަޑިއެއްގެ ސިފަޔަށް އިން ލައިޓަރެއް ގެންނަން އުޅުނު ދިވެއްސަކު ލަންކާ އެއާޕޯޓުން ހައްޔަރުކޮށްފި

11 ނޮވެންބަރު 2023 - 22:48 3

ބަޑިއެއްގެ ސިފަޔަށް އޮތް ލައިޓަރެއް ހިފައިގެން ރާއްޖެ އަންނަން އުޅުނު ދިވެއްސަކު މިރޭ ލަންކާ އެއާޕޯޓުން ހައްޔަރުކޮށްފި އެވެ.

ބަންޑާރަ ނަޔަކަ އިންޓަނޭޝަނަލް އެއާޕޯޓުން ހައްޔަރުކުރީ މެދުފަންތީގެ ވިޔަފާރި ހިންގާ އަބްދުއްސޮމަދު މުހައްމަދު އެވެ. އާއިލާއާއެކު އޭނާ ރާއްޖެ އަންނަން އޮތީ އެމިރޭޓްސްގަ އެވެ.

ހައްޔަރު ކުރި މީހާ ގެންނަން އުޅުނު ލައިޓަރު ލާފައިވާ ފޮށި ލަންކާ އެއާޕޯޓުގެ ކައުންޓަރެއްގެ މަތީގައި.


އެ މީހުންނާއެކު ދަތުރުކުރި މީހަކު "އަދަދު" ނޫހަށް ބުނީ އަބްދުއްސޮމަދު ގެންނަން އުޅުނީ ހައެއްގެ އިންޗި ހުންނަވަރުގެ އާ ލައިޓަރެއް ކަަމަށެވެ.

"އެއީ ބެންކޮކުން ލަންކާއަށް ގެނައި ލައިޓަރެއް. ބަޑިއެއް ގޮތަށް އެ ހުންނާނީ. އެއީ މުޅިން އާ ލައިޓަރެއް، ގޭހެއް ވެސް ނެތް. ނަމަވެސް ދޫނުކޮށް ހައްޔަރު ކުރީ،" އޭނާ ކިޔައި ދިނެވެ.

އެ ލައިޓަރުގެ ހަގީގަތް ކިޔައި ދިން ނަމަވެސް ލަންކާ އޭނާ ދޫނުކޮށް ހަވާލުކުރީ ފުލުހުންނާ އެވެ.

"އޭނާ ގެންދިޔައީ އެ ސަރަހައްދުގެ ޕޮލިސް ސްޓޭޝަނަކަށް. އެ ލައިޓަރު ރަނގަޅަށް ތަހުލީލު ކުރުމަށް ފަހު ދޫކޮށްލާނެ ކަމަށް ބުނީ. ނަމަވެސް މާދަމާ ވެސް އެކަމެއް ނުވާނެ. އެއީ ބަންދު ދުވަހަކަށް ވާތީ،" އޭނާ ބުންޏެވެ.

ހައެއް އިންޗީގެ މި ލައިޓަރު ބެންކޮކުން ލަންކާ އަށް އެތެރެކުރި އިރު އެއްވެސް މައްސަލައެއް ކުރިމަތި ވެފައެއް ނެތެވެ.