Advertisement

14 ޓީމާ އެކު މިލަ އުތުރު ފުޓްސަލް މުބާރާތް މިމަހު ފަށަނީ

11 ނޮވެންބަރު 2023 - 11:48 0

މިލައުތުރު ފުޓްސަލް މުބާރާތް 2022ގެ އިނާމް ދިނުމުގެ ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: ށ.އަތޮޅު ކައުންސިލް


14 ޓީމާ އެކު މިލަ އުތުރު ފުޓްސަލް މުބާރާތް މިމަހު ފަށަނީ

11 ނޮވެންބަރު 2023 - 11:48 0

ށ. އަތޮޅުގެ ރަށްތަށް ހުޅުވާލައިގެން ކުރިއަށްގެންދާ މިލަ އުތުރު ފުޓްސަލް މުބާރާތް މިމަހުގެ 20 ވަނަ ދުވަހު ފަށަން ނިންމައިފި އެވެ.

14 ރަށަކުން ވާދަކުރާ މުބާރާތް ކުރިއަށްދާނީ މިމަހުގެ 20 އިން ފެށިގެން ޑިސެމްބަރު ތިނަކަށެވެ. ށ. އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ މުބާރާތުގެ މެޗުތައް ކުރިއަށްދާނީ ދެ ގްރޫޕަށް ބަހާލައިގެންނެވެ. ގްރޫޕް އޭގެ މެޗުތައް ކުޅޭނީ ށ. ގޮއިދޫގަ އެވެ. އަދި ގްރޫޕް ބީގެ މެޗުތައް ކުރިއަށްދާނީ ށ. މާއުނގޫދޫގަ އެވެ.

ގްރޫޕް އޭގައި ހިމެނެނީ ގޮއިދޫގެ އިތުރުން، ށ. ކަނޑިތީމު، ށ. ނޫމަރާ، ށ. ފޭދޫ، ށ. ފީވަށް، ށ. ބިލެތްފަހި އަދި ށ. ފޯކައިދޫ އެވެ.

ގްރޫޕް ބީގައި ހިމެނެނޭ ޓީމްތަކަކީ އެންމެ ފަހުގެ ޗެމްޕިއަން ށ. ފުނަދޫ، ށ. ނަރުދޫ، ށ. މަރޮށި، ށ. ޅައިމަގު، ށ. ކޮމަންޑޫ، ށ. މިލަންދޫގެ އިތުރުން ގްރޫޕްގެ މެޗުތައް ކުޅޭ މާއުނގޫދޫ އެވެ.

ށ. އަތޮޅުގެ ޒުވާނުންގެ ހިތްތަކުގައި ގައުމީ، ވަތަނީ ރޫޙު އާލާކޮށް، އެއްބައިވަންތަކުރުވައި، ރަށްރަށުގެ ތަރައްގީއަށް ކުރެވޭ ތަފާތު މަސައްކަތްތަކުގައި ޒުވާނުންގެ ބައިވެރިވުން އިތުރު ކުރުމުގެ މަގުސަދުގައި ކުރިއަށްދާ މުބާރާތުގެ ޗެމްޕިއަން ޓީމަށް 35،000 ރުފިޔާ ދިނުމަށްވަނީ ހަމަޖެހިފަ އެވެ. އަދި ދެ ވަނަ ހޯދާ ޓީމަކަށް 15،000 ރުފިޔާ ލިބޭނެ އެވެ.

މިއަތޮޅުގެ ގިނަ ރަށްތަކެއްގައި ފުޓްސަލް ދަނޑުތައް ގާއިމްކުރެވިފައިވާތީ އެ ރަށްތަކުގެ ޒުވާނުންނަށް އަތޮޅު ފެންވަރުގެ މުބާރާތްތަކުގައި ވާދަކުރުމުގެ ފުރުސަތު ހޯދައިދިނުމަކީ ވެސް މި މުބާރާތް ކުރިއަށްގެންދިޔުމުގެ އެއް ސަބަބެވެ.

މިދިޔަ އަހަރުގެ މިލަ އުތުރު ފުޓްސަލް ޗެލެންޖު ކުރިއަށްގެންދިޔައީ ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުމުގެ މުނާސަބާއާވެސް ގުޅުވާފަ އެވެ. މިގޮތުން އެ މުބާރާތަށް ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން ވެސް ބޮޑު އެހީތެރިކަމެއް ލިބުނެވެ.

މިދިޔަ އަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން ށ. ފުނަދޫ ޓީމުން ހޯދީ ފައިނަލުގައި ށ. ނަރުދޫ ބަލިކޮށްގެންނެވެ.