Advertisement

އިންޑޮނީޝިއާގެ ކުރީގެ ކޮމިއުނިކޭޝަންސް މިނިސްޓަރު ޖަލަށްލާން ހުކުމް ކޮށްފި

9 ނޮވެންބަރު 2023 - 11:46 0


އިންޑޮނީޝިއާގެ ކުރީގެ ކޮމިއުނިކޭޝަންސް މިނިސްޓަރު ޖަލަށްލާން ހުކުމް ކޮށްފި

9 ނޮވެންބަރު 2023 - 11:46 0

ވަޒީރު ކަމުގައި ހުންނެވިއިރު ސަރުކާރުން ކުރިއަށްގެންދިޔަ މަޝްރޫއުއެއްގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އަމަލުކޮށްފައިވާކަން ސާބިތުވެ އިންޑޮނީޝިއޭގާ ކުރީގެ ކޮމިއުނިކޭޝަންސް އަދި އިންފޮމޭޝަން ޓެކްނޮލޮޖީ މިނިސްޓަރު ޖޮނީ ޕްލޭޓް 15 އަހަރަށް ޖަލަށް ލާން ހުކުމް ކޮށްފި އެވެ.

މިއީ އޭނާގެ ވަޒީރުކަމުގައި އިންޑޮނީޝިއާގެ ރަށްބޭރު ސަރަހައްދުތަކުގައި މޯބައިލް ފޯނަށް ސިގްނަލް ފޯރުކޮށްދޭ ޓްރާންސްމިޝަން ޓަވަރުތަކެއް ހަރު ކުރުމަށް ކުރިއަށްގެންދިޔަ 533 މިލިއަން ޑޮލަރުގެ ޕްރޮޖެކްޓެއްގައި އޭނާ ހިންގާފައިވާ ކޮރަޕްޝަންގެ އަމަލެކެވެ.

މި ޕްރޮޖެކްޓުގެ ދަށުން އިންޑޮނީޝިއާގެ ސިޓީތަކުގެ ރަށްބޭރުގައި ހުރި 7,600 އަށް ވުރެ ގިނަ ސަރަހައްދުތަކަށް މޯބައިލް ފޯން ސިގްނަލް ލިބޭ ގޮތް ވަަނީ ހަދާފަ އެވެ. މިއީ 2020 ގެ ފަހުކޮޅު ފެށި ޕްރޮޖެކްޓެކެވެ.

އެ ޕްރޮޖެކްޓުގެ ޕްރޮކިއުމެންޓު މަރުހަލާގެ ތެރެއިން ޖޮނީއަށް 1.2 މިލިއަން ޑޮލަރު ލިބިފައިވާ ކަމަށް އެގައުމުގެ އެޓާނީ ޖެނެރަލްގެ ތަހުގީގަކުން ވަނީ ސާބިތުވެފަ އެވެ.

އެންޓި ކޮރަޕްޝަން ކޯޓުން ކުރި މި ހުކުމުގައި އޭނާގެ މައްޗަށް ވަނީ އެއް ބިލިއަން އިންޑޮނީޝިއާ ރުޕިއާ ޖޫރިމަނާގެ ގޮތުގައި ދެއްކުމަށް ވެސް ހުކުމް ކޮށްފަ އެވެ. އޭގެ އިތުރުން ދައުލަށް ލިބުނު ބަދަލުގެ ގޮތުގައި 15.5 ބިލިއަން އިންޑޮނޭޝިއާ ރުޕިއާ ދައްކަން ވެސް ވަނީ ހުކުމްކޮށްފަ އެވެ.

ރައީސް ޖޯކޯ ވިޑޯޑޯގެ ދައުރު އަންނަ އަހަރަށް ހަމަވާއިރު މިހާތަނަށް އެމަނިކުފާނުގެ ސަރުކާރުގެ ފަސް މިނިސްޓަރެއްގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާ ވަނީ ސާބިތުވެފަ އެވެ.