Advertisement

އެމްއެސްއޭގެ އެކްސްކޯ މިފަހަރުވެސް ލީޑު ކުރަނީ ސޮބާހު

9 ނޮވެންބަރު 2023 - 11:22 0

އެމްއެސްއޭގެ ރައީސް އަކަށް އިންތިހާބުކުރި މުހައްމަދު ސޮބާހު (ޗޭ)، އޭނާގެ ލީޑާޝިޕްގެ ދަށުން މިދިޔަ ދައުރުގައި ސާފިން އިން ބޮޑެތި ކުރިއެރުންތަކެއް ހޯދި.


އެމްއެސްއޭގެ އެކްސްކޯ މިފަހަރުވެސް ލީޑު ކުރަނީ ސޮބާހު

9 ނޮވެންބަރު 2023 - 11:22 0

މޯލްޑިވްސް ސާފިން އެސޯސިއޭޝަން (އެމްއެސްއޭ) ގެ ރައީސްކަމަށް މުހައްމަދު ސޮބާހު (ޗޭ) އިންތިހާބުކޮށްފި އެވެ.

އެމްއެސްއޭގެ އާ އެކްސްކޯ އިންތިހާބުކޮށްފައިވަނީ މިދިޔަ ހޮނިހިރު ދުވަހު އެވެ. އާ އެކްސްކޯގެ ކޮންމެ މަގާމަކަށްވެސް ކުރިމަތިލާފައިވަނީ އެންމެ ފަރާތަކުންނެވެ.

ރައީސްގެ މަގާމަށް ހޮވާފައިވާ މުހައްމަދު ސޮބާހު އަކީ މިދިޔަ ފަސް އަހަރުވެސް އެ އެސޯސިއޭޝަން ހިންގުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި ފަރާތެވެ. މިގޮތުން ދިވެހި ސާފް ލީގުގެ ނަމުގައި ރާއްޖޭގެ އެކި ހިސާބުތަކުގައި މުބާރާތްތައް ބާއްވައިގެން ލީގެއް ކުރިއަށްގެންދިޔައިރު، އޭޝިއަން ސާފިން ޗެމްޕިއަންޝިޕްވެސް ފުރަތަމަ ފަހަރަށް ރާއްޖޭގައި މިއަހަރު ބޭއްވި އެވެ.

މުބާރާތްތައް ބޭއްވުމުގެ އިިތުރުން އެތުލީޓުންގެ ކުރިއެރުވުމާއި، ޓެކްނިކަލް ދާއިރާގެ މީހުން ކުރިއެރުވުމަށްވެސް ގިނަ މަސައްކަތްތަކެއް މިދިޔަ ފަސް އަހަރު ސޮބާހުގެ ލީޑާޝިޕްގެ ދަށުން ކުރެވުނެވެ. މިގޮތުން ފެންވަރު ރަނގަޅު ބިދޭސީ ކޯޗަކާއި ގައުމީ ޓީމްގެ ތަމްރީންތައް ކުރިއަށްގެންދިޔައިރު، ރާއްޖޭގެ ޖަޖުންގެ ފެންވަރު މަތިކުރުމަށްވެސް ގިނަ މަސައްކަތްތަކެއް ކުރިއަށްގެންދެވުނެވެ.

އެމްއެސްއޭގެ ނައިބު ރައީސްއަކަށް މިފަހަރުވެސް ހޮވާފައިވަނީ ޝާހިދު އަމީން އެވެ. މިދިޔަ ދައުރުގައި ޖެނެރަލް ސެކެޓްރީގެ ގޮތުގައި މަސައްކަތްކުރި އަލީ އަހުސަން އަކީ އާ ދައުރުގެ ހަޒާންދާރެވެ. މިނިވަން ފިރިހެން މެންބަރަކީ ހުސައިން ސަލާހު އެވެ. އަދި މިނިވަން އަންހެން މެންބަރަކީ ޝާޒިޔާ ސައީދު އެވެ.

ސާފިން އަކީ ބޮޑު ކުރިއެރުމެއް ހޯދަމުން އަންނަ ކުޅިވަރުތަކުގެ ތެރޭގައި ހިމެނޭ ކުޅިވަރެކެވެ. ޔޫތު މިނިސްޓްރީގެ އަރުތަ ޕްރޮގްރާމްގައިވެސް ސާފިންގެ ޒުވާން އެތުލީޓުންވެސް ހިމެނޭކަން ފާހަގަކޮށްލެވެ އެވެ.