Advertisement

ޔޫއޭއީއަށް ކުރެއްވި ދަތުރަށް ފަހު ޑރ. މުއިއްޒު ރާއްޖެއަށް

7 ނޮވެންބަރު 2023 - 21:04 1

ޔޫއޭއީގެ އެމްބެސެޑަރާ އިންތިހާބީ ރައީސް ސަލާމް ކުރައްވަނީ. އެމަނިކުފާނު މަގާމަށް އިންތިހާބު ވުމާ އެކު އެންމެ ފުރަތަމަ ބައްދަލުކުރެއްވި އެއް ސަފީރަކީ ޔޫއޭއީގެ ސަފީރު --- ފޮޓޯ: އިންތިހާބީ ރައީސްގެ އޮފީސް


ޔޫއޭއީއަށް ކުރެއްވި ދަތުރަށް ފަހު ޑރ. މުއިއްޒު ރާއްޖެއަށް

7 ނޮވެންބަރު 2023 - 21:04 1

އަމިއްލަފުޅު ދަތުރެއްގައި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ އަބޫދާބީއަށް ވަޑައިގެންނެވި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އަނބުރާ ރާއްޖެ ވަޑައިގަނެފި އެވެ.

އެމަނިކުފާނުގެ މި ދަތުރާ ގުޅޭ އެއްވެސް ތަފްސީލެއް މިހާތަނަށް އެނގިފައި ނުވާއިރު މިރޭގެ ވަގުތެއްގައި އެމަނިކުފާނު ރާއްޖެއަށް އެނބުރިވަޑައިގެންނެވިކަން އެމަނިކުފާނުގެ އޮފީހުން ވަނީ ހާމަކޮށްފަ އެވެ.

"އަދަދު" ނޫހަށް އެނގިފައިވާ ގޮތުގައި އެމަނިކުފާނާ އެކު ޕީޕީއެމް/ޕީއެންސީގެ ލީޑާޝިޕްގެ އެއްވެސް ބޭފުޅަކު ވެސް މި ދަތުރުގައި ބައިވެރިވެފައި ނުވެ އެވެ.

މި ދަތުރުގެ ބޭނުމެއް އިންތިގާލީ ތަރުޖަމާ މުހައްމަދު ފިރުޒުލް ވިދާޅެއް ނުވި އެވެ. ދަތުރުކުރެއްވި ޖެޓަކީ ކާކު ފޮނުވި، ނުވަތަ ކުއްޔަށް ނެގި ޖެޓެއް ކަމެއްކަން ފުރަތަމަ ވިދާޅެއް ނުވެ އެވެ.

ނަމަވެސް, ފަހުން ހާމަކުރެއްވި ގޮތުގައި އެ ޖެޓަކީ ޔޫއޭއީގެ ސަރުކާރުން ފޮނުއްވި ޖެޓެކެވެ.

މިދިޔަ ހަފުތާގައި ޑރ. މުއިއްޒު ވަނީ ނުރަސްމީ ދަތުރެއްގައި ސިންގަޕޫރަށް ވެސް ވަޑައިގެންފަ އެވެ. އެ ދަތުރުގައި ޕީޕީއެމް/ޕީއެންސީގެ ބައެއް އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ.

އިންތިހާބީ ރައީސް މަގާމުގެ ހުވާ ކުރެއްވުން މިމަހުގެ 17 ވަނަ ދުވަހަށް ތާވަލުކޮށްފައިވާއިރު، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ގޮތުގައި ފުރަތަމަ ދަތުރު ކުރައްވަން ނިންމަވާފައި ވަނީ ސައޫދީއަރަބިއްޔާއަށް ކަމަށް "އަދަދު" އަށް ވަނީ މައުލޫމާތު ލިބިފަ އެވެ.