Advertisement

މަހާއި ކާނާގެ ބާވަތްތަކުގެ އަގު އުފުލި އިންފްލޭޝަން 2.6 ޕަސެންޓަށް

7 ނޮވެންބަރު 2023 - 13:34 0

އަމަން ހަލީމް

އަމަން ހަލީމް

ލޯކަލް މާރުކޭޓުގައި ވިއްކަން ބަހައްޓާފައި ހުރި އާފަލާއި އޮރެންޖު: ސެޕްޓެމްބަރުގައި އެންމެ ބޮޑަށް އަގު އުފުލުނީ އޮރެންޖުން -- އަދަދު ފައިލް ފޮޓޯ


މަހާއި ކާނާގެ ބާވަތްތަކުގެ އަގު އުފުލި އިންފްލޭޝަން 2.6 ޕަސެންޓަށް

7 ނޮވެންބަރު 2023 - 13:34 0

މަހާއި މަހުގެ އުފެއްދުންތަކާއި ކާބޯތަކެތީގެ ބާވަތްތަކުގެ އަގު އުފުލި ސެޕްޓެމްބަރުގެ ނިޔަލަށް އިންފްލޭޝަން 2.65 ޕަސެންޓަށް މަތިވެއްޖެ ކަމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ބުނެފި އެވެ.

ސްޓެޓިސްޓިކްސް ބިއުރޯއިން މަހަކު އެއް ފަހަރު އާންމުކުރާ ކޮންސިއުމާ ޕްރައިޒް އިންޑެކްސް (ސީޕީއައި)ން ދައްކާ ގޮތުގައި ސެޕްޓެމްބަރުގެ މަހުގެ ތެރޭގައި ތަކެތީގެ އަގު 0.45 ޕަސެންޓު އުފުލުނެވެ. އެއީ އޭގެ ކުރީ މަހަށް ވުރެ ދެ ގުނަ މަތި އަދަދެކެވެ. އަދި, ޖޫން އާއި ޖުލައިއަށް ވުރެ ހަތަރު ގުނަ މަތި އަދަދެކެވެ.

ސެޕްޓެމްބަރުގައި އެންމެ ބޮޑަށް އަގު އުފުލުނު ބާވަތްތަކުގެ ތެރެއިން މަހާއި މަހުގެ އުފެއްދުންތަކުގެ އަގު 2.41 ޕަސެންޓު އަދި ކާބޯތަކެތީގެ ބާވަތްތަކުގެ އަގު 1.92 ޕަސެންޓު އުފުލުނެވެ. ކާބޯތަކެތީގެ ބާވަތްތަކުގެ ތެރެއިން ވެސް އެންމެ ބޮޑަށް އަގު އުފުލުނު ބާވަތްތަކުގެ ތެރޭގައި ހިމެނެނީ:

  • އޮރެންޖު - 45.41 ޕަސެންޓު
  • އާފަލު - 17.62 ޕަސެންޓު
  • އިނގުރު - 10.59 ޕަސެންޓު
  • ގިތެޔޮ މިރުސް - 10.49 ޕަސެންޓު

މަހާއި ކާބޯތަކެތި ނޫން ދާއިރާތަކުގެ ތެރެއިން ވެސް ގިނަ ދާއިރާތަކުގެ އަގުތައް ދިޔައީ މައްޗަށެވެ. ވަކިން ހާއްސަކޮށް، ރެސްޓޯރަންޓާއި އެކޮމޮޑޭޝަންތަކުގެ އަގުތައް ވަނީ އުފުލިފަ އެވެ. ނަމަވެސް، މި ތިން ދާއިރާއާ އަޅައިކިޔާއިރު ނިސްބަތުން އަގު އުފުލުނީ ވަރަށް ކުޑަ މިންވަރަކަށެވެ. އަގުތައް ދަށްވީ މުވާސަލަތާއީ މުވާސަލާތީ ހިދުމަތްތަކުންނާއި ފަރުނީޗަރާއި ގޭތެރޭގައި ހިފައިގެންގުޅޭ ސާމާނުގެ އިތުރުން ދުންފަތުގެ އެވެ.

މި އަހަރަށް ފާސްކުރި ބަޖެޓުގައި ފިނޭންސް މިނިސްޓްރީން ލަފާކުރީ އިންފްލޭޝަން 5.4 ޕަސެންޓުގައި ކަމަށެވެ. ނަމަވެސް ދުނިޔޭގެ އިގުތިސޯދަށް އައި ބަދަލާއި ސަރުކާރުން އަސާސީ ބާވަތްތައް ސަބްސިޑައިޒް ކުރަމުން ދިޔުމާ ގުޅިގެން އަގުތައް ހިފެހެއްޓިފައި ވާތީ، އިންފްލޭޝަން ރޭޓު ވަނީ 2.9 ޕަސެންޓަށް މުރާޖާކޮށްފަ އެވެ.

މި އަހަރަކީ 2013ގެ ފަހުން ތަކެތީގެ އަގުތައް އެންމެ ބޮޑަށް އުފުލުނު އަހަރެވެ. މިއީ ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގު އުފުލެމުން ދިޔުމާ ގުޅިގެންނާއި މި އަހަރުގެ ޖެނުއަރީން ފެށިގެން ޖީއެސްޓީ 8 ޕަސެންޓަށް މަތިކުރުމާ ގުޅިގެންނެވެ.