Advertisement

މާލޭގެ މަގުމަތިން ހޮވި ކަންޒު ކަހަނބެއް ކާށިދޫ ޗަސްބިންތަކަށް ދޫކޮށްލައިފި

7 ނޮވެންބަރު 2023 - 10:29 1


މާލޭގެ މަގުމަތިން ހޮވި ކަންޒު ކަހަނބެއް ކާށިދޫ ޗަސްބިންތަކަށް ދޫކޮށްލައިފި

7 ނޮވެންބަރު 2023 - 10:29 1

މާލޭގެ މަގެއްގެ މަތިން ހޮވި ކަންޒު ކަހަނބެއް ސަލާމަތްކޮށް ކ. ކާށިދޫ ޗަސްބިންތައް ހިމެނޭ ސަރަހައްދަށް ދޫކޮށްފައިވާ ކަމަށް އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ހާމަކޮށްފި އެވެ.

ރާއްޖޭގައި އެއް ރަށެއްގައި އެންމެ ގިނަ އަދަދަކަށް ކަންޒު ކަހަނބު ދިރިއުޅެނީ ކާށިދޫގަ އެވެ.

މި ކަހަނބު ފެނިގެން ރިޕޯޓު ކުރުމާ އެކު އީޕީއޭއިން ވަނީ އޭތި ކާށިދޫއަށް ފޮނުވުމުގެ ކަންކަން ހަމަޖައްސައި އެ ރަށުގެ ކައުންސިލާ ގުޅިގެން އެ ކަހަނބު ޗަސްބިންތަކަށް ދޫކުރެވޭނެ ގޮތް ހަދާފަ އެވެ.

އެއްވެސް ފަރާތަކުން އޮޅުކޮށްގެން ކަންޒު ކަހަނބެއް ގެންގުޅެމުންދާނަމަ ހަވާލުކުރުމަށް އީޕީއޭއިން ވަނީ ދީފަ އެވެ.

ކަންޒު ކަހަނބަކީ ރާއްޖޭގައި ހިމާޔަތްކޮށްފައިވާ ދިރޭ ތަކެތީގެ ލިސްޓުގައި ހިމެނޭ އެއްޗެކެވެ. އޭގެ މައިގަނޑު ކާނާއަކީ ކަށިކެޔޮ, ބޯކެޔޮ އަދި ކުއްޅަވަށް މޭވާ އާއި މާރުނަ ވިނަ ކަމަށް އީޕީއޭއިން މައުލޫމާތު ދެ އެވެ.