Advertisement

އިންތިހާބީ ރައީސް ޑރ. މުއިއްޒު ކުއްލި ދަތުރެއްގައި އަބޫދާބީއަށް

6 ނޮވެންބަރު 2023 - 13:56 3

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން


އިންތިހާބީ ރައީސް ޑރ. މުއިއްޒު ކުއްލި ދަތުރެއްގައި އަބޫދާބީއަށް

6 ނޮވެންބަރު 2023 - 13:56 3

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އަމިއްލަ ދަތުރެއްގައި މިއަދު އަބޫދާބީއަށް ފުރާވަޑައިގެންފި އެވެ.

"އަދަދު" ނޫހަށް އެނގިފައިވާ ގޮތުގައި މުއިއްޒު ފުރައިވަޑައިގަތީ ޖެޓެއްގައި މިއަދު ހެނދުނު އެވެ. އަރިހުގައި ޕީޕީއެން/ޕީއެންސީގެ ލީޑަޝިޕްގެ އެއްވެސް ބޭފުޅަކު ބައިވެރިވެވަޑައިނުގަންނަވަ އެވެ.

މުއިއްޒުގެ މި ދަތުރުގެ ބޭނުމެއް އިންތިގާލީ ތަރުޖަމާ މުހައްމަދު ފިރުޒުލް ވިދާޅެއް ނުވި އެވެ. އަދި ދަތުރުކުރެއްވި ޖެޓަކީ ކާކު ފޮނުވި، ނުވަތަ ކުއްޔަށް ނެގި ޖެޓެއް ކަމެއްކަން ފުރަތަމަ ވިދާޅެއް ނުވެ އެވެ.

ނަމަވެސް މި ހަބަރު ޝާއިޢުކުރި ފަހުން ފިރުޒުލް ވިދާޅުވީ ދަތުރު ހަމަޖައްސާފައިވަނީ ޔޫއޭއީ ސަރުކާރުން ކަމަށެވެ.

"އެނގިވަޑައިގަންނަވާނެ ޔޫއޭއީއަކީ ރާއްޖޭގެ ވަރަށް ގިނަ މަޝްރޫއުތަކަށް އެހީތެރިކަން ދެއްވަމުންދާ ގައުމެއްކަން. މެހްމާނުދާރީގެ ގޮތުން ދަތުރުފަތުރުގެ އިންތިޒާމުތައް ޔޫއޭއީ ސަރުކާރުން ހަމަޖައްސަވައި ދެއްވާފައިވޭ،" އޭނާ ވިދާޅުވި އެވެ.

ޑރ. މުއިއްޒު ދަތުރުކުރެއްވި ޖެޓުގެ ލޮކޭޝަން ފެންނަ ސްނެޕްޝޮޓެއް


ކުއްލި ދަތުރެއްގައި މުއިއްޒު އަބޫދާބީއަށް ގެންނެވިއިރު، މިދިޔަ ހަފުތާގައި ވަނީ ނުރަސްމީ ދަތުރެއްގައި ސިންގަޕޫރަށް ވަޑައިގެންފަ އެވެ. އެ ދަތުރުގައި ޕީޕީއެމް/ޕީއެންސީގެ ބައެއް އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ.

އިންތިހާބީ ރައީސް މަގާމުގެ ހުވާ ކުރެއްވުން މިމަހުގެ 17 ވަނަ ދުވަހަށް ތާވަލުކޮށްފައިވާއިރު، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ގޮތުގައި ފުރަތަމަ ދަތުރު ކުރައްވަން ނިންމަވާފައި ވަނީ ސައޫދީއަރަބިއްޔާއަށް ކަމަށް "އަދަދު" އަށް ވަނީ މައުލޫމާތު ލިބިފަ އެވެ.