Advertisement

ކުޅުދުއްފުށިން ގެއްލުނު މީހާ ތިން ދުވަސްވީއިރު ވެސް ނުފެނޭ

5 ނޮވެންބަރު 2023 - 11:54 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން


ކުޅުދުއްފުށިން ގެއްލުނު މީހާ ތިން ދުވަސްވީއިރު ވެސް ނުފެނޭ

5 ނޮވެންބަރު 2023 - 11:54 0

ކުޅުދުއްފުށިން ގެއްލިިގެން ހޯދަމުންދާ ޒުވާނާ ތިން ދުވަސްވީއިރު، އަދިވެސް ނުފެންނަ ކަމަށް ފުލުހުން ބުނެފި އެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ފަހުން ވީނުވީއެއް ނޭނގި ގެއްލިގެން ހޯދަމުން ދަނީ ހދ. ކުޅުދުއްފުށި، ލަންދޫގެ، އަބްދުﷲ އިބްރާހިމް 39އ އެވެ. ގެއްލިފައިވާ ކަމަށް ބުނެ އާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓު ކޮށްފައި ވަނީ އިއްޔެ އެވެ.

ފުލުހުން ބުނީ އަބްދުﷲ އިބްރާހިމް ހޯދުމުގެ މަސައްކަތް ހުއްޓާނުލައި ކުރިއަށް ގެންދާ ކަމަށެވެ. ނަމަވެސް މިވަގުތާ ހަމައަށް އޭނާގެ އެއްވެސް ހަބަރެއް ވެފައި ނުވާ ކަމަށެވެ.

އަބްދުﷲ އިބްރާހިމްގެ އާއިލާގެ މެންބަރަކު "އަދަދު" އަށް ބުނީ އަބްދުﷲ ގެ ހަބަރެއް އެންމެ ފަހުންވީ މިދިޔަ ބުރާސްފަތި ދުވަހު ހެނދުނު ކަމަށެވެ.

"އެދުވަހު ހެނދުނު ގެއިން ނުކުމެގެން ދިޔަ ގޮތަށް ހަބަރެއް ނުވޭ. ހުކުރު ދުވަހުގެ މެންދުރެއްހާއިރު ވަންދެން ފޯނަށް ވެސް ގުޅުނު، އެގެފަހުން އެއްވެސް ގޮތަަކަށް ހަބަރެއް ނުވީމަ ފުލުހުންނަށް ރިޕޯޓު ކުރީ،" މައުލޫމާތު ދިން މީހާ ބުންޏެވެ.

އެނާ ބުނީ ގެއިން ނުކުމެގެން ދާންޖެހޭ ވަރުގެ އެއްވެސް ކަހަލަ މައްސަލައެއް ނުވަތަ ހައިޖާނެއް ގޭތެރޭގައި ވެސް ނުހިނގާ ކަމަށެވެ.

އަބްދުﷲ އިބްރާހީމްގެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގެ ނަމްބަރު 9791382 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދެން.