Advertisement

ހިސާބުތައް ނުބައިކޮށް ހުށަހެޅައިގެން ބާސާއަށް އަނެއްކާވެސް ފާޑުކިޔުން

4 ނޮވެންބަރު 2023 - 12:57 0


ހިސާބުތައް ނުބައިކޮށް ހުށަހެޅައިގެން ބާސާއަށް އަނެއްކާވެސް ފާޑުކިޔުން

4 ނޮވެންބަރު 2023 - 12:57 0

ބާސެލޯނާ (ނޮވެމްބަރު 4) - މިދިޔަ އަހަރުގެ މާލީ ބަޔާންތަކުގައި ކްލަބަށް ލިބުނު އާމްދަނީ ބާސެލޯނާއިން އޮޅުވާލާފައިވާ މައްސަލައިގައި ޔުއެފާއިން ބާސެލޯނާއަށް ކުރި ޖޫރިމަނާ ރަނގަޅުކަމަށް ޔުއެފާގެ އެޕީލް ޗެމްބަރުން ނިންމައިފި އެވެ.

ބާސެލޯނާއިން މިދިޔަ އަހަރުގެ މާލީ ހިސާބުތައް ޔުއެފާއަށް ފޮނުވިއިރު، އޭގައި އެކުލަބަށް ލިބުނު އާމްދަނީގެ ތަފްސީލްތަކުގައި މައްސަލަ އުޅޭކަން ފާހަގަކުރެވި ޔުއެފާއިން އެ މައްސަލަ ބެލި އެވެ. މިދިޔަ ޖުލައި މަހު އެ މައްސަލަ ބެލުމަށްފަހު ޔުއެފާއިން ވަނީ ބާސެލޯނާ 434،000 ޕައުންޑުން ޖޫރިމަނާކޮށްފަ އެވެ.

މި މައްސަލަ ބާސެލޯނާއިން ޔުއެފާގެ ކުލަބު ފައިނެންޝިއަލް ކޮންޓްރޯލް ބޯޑުގެ އެޕީލް ޗެމްބަރުގައި އިސްތިއުނާފުވެސް ކުރި އެވެ. ނަމަވެސް ގިނަ އަޑުއެހުންތަކަކަށްފަހު އެޕީލް ޗެމްބަރުން ނިންމީ ޔުއެފާ އިން ބާސެލޯނާ ޖޫރިމަނާ ކުރި ރަނގަޅަށްކަމަށެވެ.

ރިޝްވަތުގެ ތުހުމަތު އަމާޒުވެފައިވާ ބާސެލޯނާގެ ވެރިންނަށް ހިސާބުތައް އޮޅުވާލި މައްސަލައިގައިވެސް އަންނަނީ ފާޑުކިޔުންތައް އަމާޒުވަމުންނެވެ. މިގޮތުން ސްޕެއިން ލީގުގެ ރެފްރީސް ކޮމިޓީގައި އިސްކޮށް އުޅުނު ނެގްރެއިރާގެ ހިއްސާ އޮންނަ ކުންފުންޏަކަށް ބާސެލޯނާ އިން ވަނީ 2001 އިން 2018 އަށް ޖުމްލަ އެކު، ނުވަ މިލިއަން ޑޮލަރު ދީފައިވާ މައްސަލައިގައިވެސް އެކުލަބުގެ ވެރިން ތިބީ ބޮޑު އަދަބަކާ ގާތުގަ އެވެ.

ޕެނިޝް ލީގުގެ ރެފްރީ ކޮމިޓީގެ ކުރީގެ ނައިބް ރައީސް އެންރިކޭޒް ނެގްރެއިރާގެ ހިއްސާ އޮންނަ ކުންފުންޏަކަށް ބާސެލޯނާ އިން ފައިސާ ދިން ކަމަށް ބަލައި އެ ކުލަބުގެ ރައީސް ޖޮއާން ލަޕޯޓާއާ ދެކޮޅަށްވަނީ ރިޝްވަތުގެ ދައުވެސް އުފުލާފަ އެވެ.

ބާސެލޯނާގެ މިހާރުގެ ރައީސް ލަޕޯޓާ އާއި ކުރީގެ ދެ ރައީސުން ކަމަށްވާ ސަންދްރޯ ރޮސެލް، ޖޯސެފް މާރިއާ ބާޓެމޮއު އަދި އެ ކުލަބުގެ ދެ ޑިރެކްޓަރުން ކަމަށްވާ އޮސްކާ ގްރާއޫ އަދި އަލްބާޓް ސޮލާއާ ދެކޮޅަށް ރިޝްވަތުދިނުމުގެ ދަައުވާ އުފުލައިފަ އެވެ. މި ހުރިހާ ފަރާތެއްގެ މައްޗަށް ކުށް ސާބިތުވެއްޖެ ނަމަ މަދުވެގެން 10 އަހަރުގެ ސަސްޕެންޝަނެއް އަންނާނެ ކަމަށް ބެލެވެ އެވެ.

ބާސެލޯނާއަށް އަމާޒުވެފައިވާ އެކި އެކު ތުހުމަތުތަކާއިއެކު ލަލީގާގެ ކުލަބުތަކުން އަންނަނީ ބާސެލޯނާއަށް ފިޔަވަޅު އެޅުން އަވަސްކުރުމަށްވެސް ގޮވާލަމުންނެވެ.