Advertisement

ޝުޖާއު އަނެއްކާ ވެސް ބާރަށު ދާއިރާއަށް ވާދަކުރައްވަނީ

4 ނޮވެންބަރު 2023 - 10:39 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

އިބްރާހިމް ޝުޖާއު: މަޖިލީހުގެ ބާރަށު ދާއިރާގެ ގޮނޑިއަށް ވާދަކުރައްވާނެ ކަން އިއުލާންކުރެއްވި - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު


ޝުޖާއު އަނެއްކާ ވެސް ބާރަށު ދާއިރާއަށް ވާދަކުރައްވަނީ

4 ނޮވެންބަރު 2023 - 10:39 0

ޕީޕީއެމް/ޕީއެންސީގެ ލީޑާޝިޕްގައި ހަރަކާތްތެރިވާ އިބްރާހިމް ޝުޖާއު، އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ބާރަށު ދާއިރާގެ ގޮނޑިއަށް ވާދަކުރައްވާނެ ކަން އިއުލާން ކުރައްވައިފި އެވެ.

މި ވަގުތު މާލެ ސިޓީ ކައުންސިލްގައި ހުޅުމާލެ ދާއިރާގެ ކައުންސިލަރެއްގެ ގޮތުގައި ހުންނެވި ޝުޖާއުއަކީ މީގެ ކުރިން 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި ބާރަށު ދާއިރާ ތަމްސީލްކުރެއްވި މެންބަރެވެ.

ކައުންސިލަރަކަށް ވެވަޑައިގަތުމުގެ ކުރިން ޕީއެންސީގެ ނައިބު ރައީސެއްގެ މަގާމުގައި ހުންނެވި ޝުޖާއު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އޭނާގެ އެ މަސައްކަތަށް ރައްޔިތުންގެ ތާއީދު ލިބޭނެ ކަމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

"އަޅުގަނޑުގެ އިހުލާސްތެރި އެދުމަކީ އަޅުގަނޑުގެ މި މަސައްކަތަށް ތިޔަ ލޮބުވެތި ރައްޔިތުންގެ ތާއީދާއި އެއްބާރުލުން،" ޝުޖާއު ކުރެއްވި ޓްވީޓުގައި ލިޔުއްވާފައިވެ އެވެ.

ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވެސް ޝުޖާއު ބާރަށު ދާއިރާއަށް ވާދަކުރެއްވި އެވެ. ނަމަވެސް އެ ފަހަރު 100 އެއްހާ ވޯޓުގެ ފަރަގުން އިންތިހާބު ކާމިޔާބުކުރެއްވީ، ބާރަށު ދާއިރާގެ މިހާރުގެ މެންބަރު އަހުމަދު އަބްދުﷲ އެވެ.