Advertisement

ހާއްސަ ޑިސްކައުންޓުތަކާ އެކު "ޔަމަހާ މޮޓޯ ވީކެންޑް" ފަށައިފި

3 ނޮވެންބަރު 2023 - 20:47 0


ހާއްސަ ޑިސްކައުންޓުތަކާ އެކު "ޔަމަހާ މޮޓޯ ވީކެންޑް" ފަށައިފި

3 ނޮވެންބަރު 2023 - 20:47 0

ހާއްސަ ޑިސްކައުންޓު ލިބޭ "ޔަމަހާ މޮޓޯ ވީކެންޑް" މިއަދު ހަވީރު ހުޅުމާލޭގައި ފަށައިފި އެވެ.

ރާއްޖޭގައި ޔަމަހާ ބްރޭންޑުގެ ސާމާނު ވިއްކާ ސޯލް ޑިސްޓްރިބިއުޓަރަކީ އެލިއާ އިންވެސްޓްމެންޓްސް އެވެ. އެ ބްރޭންޑުގެ ގިނަ މޮޑެލްތަކެއްގެ ސައިކަލުތަކާ އެކު ހުޅުމާލޭ ރުއްގަނޑު އެކެއް ސަރަހައްދުގައި ކުރިއަށްދާ މި ހަރަކާތް މިއަދާއި މާދަމާ ހަވީރު 4 އިން ރޭގަނޑު 10 އަށް ކުރިއަށް ދާނެ އެވެ.

މި އިވެންޓުގައި އެއް ފަހަރާ ފައިސާ ދައްކަވާ ފަރާތްތަކަށް ހާއްސަ ޑިސްކައުންޓުތައް ލިބޭނެ ކަމަށް އެލިއާއިން ބުނެ އެވެ. އޭގެ އިތުރުން, އިންސްޓޯލްމެންޓަށް ސައިކަލު ނަގާ މީހުން ދައްކަން ޖެހޭ ޑައުންޕޭމަންޓު ކުޑަ ކޮށްފައިވާނެ ކަމަށް ވެސް އެލިއާއިން ބުނެ އެވެ.

ހަމައެހެންމެ, މި އިވެންޓު ކުރިއަށްދާއިރު އެލިއާގެ ކަސްޓަމަރުންނަށް މުޅިން ހިލޭ ސައިކަލުގެ އަޑީތެޔޮ ބަދަލުރުކުރުމާއި ސައިކަލް ޑައިގްނޯސް ކުރުމުގެ ހިދުމަތް ވެސް ދޭނެ ކަމަށް އެލިއާއިން ބުނެ އެވެ.