Advertisement

ނަބާ އާއި ނަބީ ޗަތިސްގަރު އިންޓަނޭޝަނަލް ޗެލެންޖުގެ ގަދަ 16 އަށް

2 ނޮވެންބަރު 2023 - 12:02 0

އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ނަބާހާ އާއި ނަބީހާ ވާދަކުރި މެޗެއްގެ ތެރެއިން - ފޮޓޯ: އެމްއޯސީ


ނަބާ އާއި ނަބީ ޗަތިސްގަރު އިންޓަނޭޝަނަލް ޗެލެންޖުގެ ގަދަ 16 އަށް

2 ނޮވެންބަރު 2023 - 12:02 0

އިންޑިއާގެ ރައިޕޫރުގައި މިހާރު ކުރިއަށްދާ ޗަތިސްގަރު އިންޓަނޭޝަނަލް ޗެލެންޖުގެ އަންހެން ޑަބަލްސްގެ ގަދަ 16 އިން އައިމިނަތު ނަބީހާ އަބްދުއްރައްޒާގު (ނަބީ) އާއި ފާތިމަތު ނަބާހާ އަބްދުއްރައްޒާގު (ނަބާ)ގެ ޕެއާ ޖާގަ ހޯދައިފި އެވެ.

އޮކްޓޯބަރު 31 އިން ނޮވެމްބަރު ފަހަކަށް ކުރިއަށްދާ މުބާރާތުގެ އަންހެން ޑަބަލްސް އިވެންޓުގެ ގަދަ 16 އިން ރާއްޖޭގެ ދެބެއިން ޖާގަ ހޯދީ އިންޑިއާގެ ޕެއާއެއް ކަމަށްވާ ނިކިތާ ރަޕްރިއާ އާއި ނިޝު ރަޕްރިއާ ބަލިކޮށްގެންނެވެ. އިންޑިއާގެ ދެ ބެއިންގެ ޕެއާ އަކީ ދުނިޔޭގެ 130 ވަނައިގައި އުޅޭ ޕެއާ އެކެވެ.

ގަދަ 16ގައި ނަބާ އާއި ނަބީ ނުކުންނާނީ ނަވްދާ މަންގްލާމް އާއި އިޝާނީ ވާލިއާގެ ޕެއާއާ ދެކޮޅަށެވެ.

ޗަތިސްގަރު އިންޓަނޭޝަނަލް ޗެލެންޖު 2023ގައި ނަބީ އާއި ނަބާ އަންހެން ސިންގަލްސް އިވެންޓުގައި ވެސް ވާދަކުރާނެ އެވެ. މި ދެ ކުޅުންތެރިންގެ އިތުރުން ރާއްޖޭގެ ގައުމީ ޗެމްޕިއަންކަން ހުސައިން ޒަޔާން ޝަހީދު ޒަކީވެސް އަންނަނީ މި މުބާރާތުގައި ވާދަކުރަމުންނެވެ.

ޒަޔާން އާއި ނަބާގެ މިކްސް ޑަބަލްސް ޕެއާ ގަދަ 32 ގައި ނުކުންނާނީ އިންޑިއާގެ ނަވްދާ މަންގްލާމް އާއި ނިތިން ކުމާރުގެ ޕެއާއާ ދެކޮޅަށެވެ.

ސިންގަލްސްގައި ނަބާ ނުކުންނާނީ އިންޑިއާގެ ޖިއާ ރާވަތްއާ ދެކޮޅަށެވެ. ނަބީ ނުކުންނާނީ އިންޑިއާގެ އަދިތީ އަގަރްވާލްއާ ދެކޮޅަށެވެ. ފިރިހެން ސިންގަލްސްގައި ޒަޔާން ނުކުންނާނީ އިންޑިއާގެ އަބްޔަންޝް ސިންގް އާ ދެކޮޅަށެވެ.

ޗަތިސްގަރު އިންޓަނޭޝަނަލް ޗެލެންޖުގައި ވާދަކުރާ ނަބާހާ ވަނީ ދާދި ފަހުން އޮސްޓްރޭލިއާގައި ނިމުނު ސިޑްނީ އިންޓަނޭޝަނަލް 2023ގައި ވާދަކޮށް ސިންގަލްސް ބްރޯންޒްް މެޑަލް ހޯދާފަ އެވެ. މި މުބާރާތުގެ ގަދަ 16 އިން ނަބާ އާއި ނަބީގެ ޑަބަލްސް ޕެއާވެސް ޖާގަ ހޯދި އެވެ.