Advertisement

ކުރީގެ ޑެޕިއުޓީ މިނިސްޓަރު އަބްދުﷲ މުހައްމަދު މެލޭޝިއާ ގައި ބަންދުކޮށްފި

2 ނޮވެންބަރު 2023 - 09:11 1

ކުރީގެ ޑެޕިއުޓީ މިނިސްޓަރު އަބްދުﷲ މުހައްމަދު. މެލޭޝިއާއިން އޭނާ ވަނީ ހިފަހައްޓާފައި. ފޮޓޯ: ރައީސް އޮފީސް


ކުރީގެ ޑެޕިއުޓީ މިނިސްޓަރު އަބްދުﷲ މުހައްމަދު މެލޭޝިއާ ގައި ބަންދުކޮށްފި

2 ނޮވެންބަރު 2023 - 09:11 1

ކުރީގެ ޑެޕިއުޓީ މިނިސްޓަރު އަދި ޕީޕީއެމްގެ ސިޔާސީ ހަރަކާތްތެރިޔާ އަބްދުﷲ މުހައްމަދު (މަދަނީ އަބްދުﷲ) މެލޭޝިއާ އިމިގްރޭޝަނުން ހިފަހައްޓަައި، ބަންދުކޮށްފި އެވެ.

އަބްދުﷲ އާ އެކު ރޭ މެލޭޝިއާއަށް ދަތުރުކުރި މީހަކު "އަދަދު" އަށް ބުނި ގޮތުގައި މެލޭޝިއާއަށް އޭނާ ދިޔައީ ބެޓިކް އެއާގެ ފްލައިޓަކުން ރޭގެ ވަގުތެއްގަ އެވެ. މެލޭޝިއާ އިމިގްރޭަޝަނުން އޭނާ ހިފެއްހެޓީ އެ އިދާރާގެ "ބްލެކް ލިސްޓެއް"ގައި އޮތުމުން ކަމަށް ވެސް މައުލޫމާތު ދިން މީހާ ބުންޏެވެ. އެހެން ނަމަވެސް އެއީ ކޮން ލިސްޓެއް ކަމެއް އަދި ނޭނގެ އެވެ.

އަބްދުﷲ މިވަގުތު ހުރީ މެލޭޝިއާ އިމިގްރޭޝަންގެ ޑިޓެންޝަން ސެންޓަރެއްގައި ކަމަށާއި އަންނަ ހޮނިހިރު ދުވަހު ރާއްޖެއަށް އަނބުރާ ފޮނުވައިލާނެ ކަމަށް ވެސް މި ނޫހަށް މައުލޫމާތު ދިން މަސްދަރުން ބުންޏެވެ.