Advertisement

މުއިއްޒުގެ ވައުދުވި ގޮތަށް އެކަނިވެރި މައިންނަށް ދޭ އިނާޔާތް ބޮޑުކުރުން ބަޖެޓަކު ނެތް

1 ނޮވެންބަރު 2023 - 15:03 3

އަހުމަދު އާއިދު

އަހުމަދު އާއިދު

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި އަނބިކަނބަލުން : މުއިއްޒުގެ ވައުދުވި ގޮތަށް އެކަނިވެރި މައިންނަށް ދޭ އިނާޔާތް ބޮޑުކުރުން ބަޖެޓަކު ނެތް - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު


މުއިއްޒުގެ ވައުދުވި ގޮތަށް އެކަނިވެރި މައިންނަށް ދޭ އިނާޔާތް ބޮޑުކުރުން ބަޖެޓަކު ނެތް

1 ނޮވެންބަރު 2023 - 15:03 3

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންނެވި ގޮތަށް އެކަނިވެރި މައިންނަށް ދޭ އިނާޔަތް ބޮޑުކުރަން ބަޖެޓުގައި ނުހިމަނާކަން އެނގިއްޖެ އެވެ.

އަންނަ އަހަރަށް ލަފާކޮށް ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ ބަޖެޓު ފޮތުގައި، ސަރުކާރުން ދޭ އެހީއާއި އިޝްތިރާކާއި ސަބްޒިޑީޒްގެ ދަށުން އެކަނިވެރި މައިންނަށް ދޭ އެހީގެ ގޮތުގައި އަންނަ އަހަރަށް ބަޖެޓުކޮށްފައިވަނީ 74 މިލިއަން ރުފިޔާ އެވެ.

ރިޔާސީ ކެމްޕޭނުގައި އިންތިހާބީ ރައީސް ވައުދުވެވަޑައިތީ އެކަނިވެރި މައިންނާ އެކަނިވެރި ބަފައިންނަށް ދޭ އިނާޔަތް 12،000ރ އަށް ހަމަޔަށް ބޮޑުކޮށް ކޮންމެ ދަރިއަކަށް ދޭ މިންވަރު 3،000ރ އަށް އިތުރުކުރުމަށެވެ. މިހާރު އުސޫލު އޮތް ގޮތުން އެކަނިވެރި މަޔަކަށް ނުވަތަ ބަޔަކަށް އެންމެ ގިނައިން ލިބޭނީ 10،000 ރުފިޔާ އެވެ. އެއީ ދަރިއަކަށް 1000 ރުފިޔާގެ މަގުންނެވެ.

އިންތިހާބީ ރައީސް ވައުދުވެވަޑައިގެންނެވި އުސޫލަށް ބަދަލުކުރުމުން، އެކަނިވެރި މައިންގެ ތެރެއިން ފައިސާ ލިބޭ މީހުންނަށް ލިބޭ އިނާޔަތް ދެގުނައަށް އިތުރުވާނެ އެވެ.

އެކަމަކު އަންނަ އަހަރަށް ހުށަހެޅި ބަޖެޓުގައި އެކަނިވެރި މައިންނަށް އިނާޔަތް ދިނުމަށް ބަޖެޓުކޮށްފައިވާ އަދަދު މި އަހަރު ހަރަދުވާނެ ކަމަށް ލަފާކުރާ އަދަށްވުރެ އިތުރުވަނީ ތިން މިލިއަނުންނެވެ. ދެގުނައަށް އިތުރުވާނެ ކަމަށް ވައުދުވި އިނާޔަތް މިހާރު އޮތް ބަޖެޓުން އެގޮތަށް ނުދެވޭނެ އެވެ.

އެކަނިވެރި މައިންނަށް ސަރުކާރުން 2،000 ރުފިޔާގެ އިނާޔަތެއް ދޭން އެންމެ ފުރަތަމަ ނިންމެވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގަ އެވެ. އެ އެލަވަންސު ބޮޑުކުރީ ނިމިގެން މިދާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުންނެވެ.