Advertisement

މުއިއްޒު ވައުދުވި ރިސާޗު ފަންޑު އުފައްދަން 10 މިލިއަން ރުފިޔާ ބަޖެޓުކޮށްފި

1 ނޮވެންބަރު 2023 - 10:32 1

އަޒްލިފާ އަބްދުﷲ

އަޒްލިފާ އަބްދުﷲ

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު. -- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


މުއިއްޒު ވައުދުވި ރިސާޗު ފަންޑު އުފައްދަން 10 މިލިއަން ރުފިޔާ ބަޖެޓުކޮށްފި

1 ނޮވެންބަރު 2023 - 10:32 1

އިލްމީ ދިރާސާ ކުރަން މާލީ އެހީ ފޯރުކޮށްދިނުމަށްޓަކައި، އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުވެ ވަޑައިގެންނެވި ގޮތަށް ގައުމީ ފަންޑެއް އުފައްދަން 10 މިލިއަން ރުފިޔާ އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިފި އެވެ.

ފިނޭންސް މިނިސްޓްރީން ބުނީ ހަޔަ އެޑިއުކޭޝަން މިނިސްޓްރީގެ ބަޖެޓުގައި އެ ފައިސާ ހިމެނީ އިންތިގާލީ މަރުހަލާގެ އޮފީހުން އެދިވަޑައިގެންނެވުމުން ކަމަށެވެ.

ނެޝަނަލް ރިސާޗް ފަންޑެއް އުފައްދަވާނެ ކަމަށް މުއިއްޒު އިއުލާނު ކުރެއްވީ އޮކްޓޯބަރު 17 ވަނަ ދުވަހު، އިލްމުވެރިންނާއެކު ބޭއްވި ބައްދަލުވުމުގަ އެވެ.

މުއިއްޒު އެ ދުވަހު ވިދާޅުވީ ޔުނިވާސިޓީތަކާއި ކޮލެޖުތަކުގައި، އެކި ދާއިރާތަކުގެ ދިރާސާތައް އިތުރު ކުރަން ޖެހޭ ކަމަށެވެ. ހަގީގީ ކަންކަމާއި ހެކިތަކުގެ މައްޗަށް ކުރެވޭ ދިރާސާތައް ހަދައި ސަރުކާރަށް ހުށަހަޅައިގެން، ސިޔާސަތުތައް ބައްޓަން ކުރުމުގައި ބައިވެރިވާން އެމަނިކުފާނު ގޮވައިލެއްވި އެވެ.

"ފެކްޗުއަލް އެވިޑެންސްތަކުގެ މައްޗަށް، ވަރަށް ސީރިއަސް، އިލްމީ ދިރާސާތަކެއް ކުރެވިގެން، ސިޔާސީ ކަންކަން ނިންމާ ފަރާތްތަކަށް ލަފާ ފޯރުކޮށްދޭން ފެށުމުން، ދެން އޭގެ މައްޗަށް ސަރުކާރުން ނިންމުންތައް ނިންމީމަ ގައުމަށް ހަމަޖެހުން ލިބޭނީ،" މުއިއްޒު ވިދާޅުވި އެވެ.

ޔުނިވާސިޓީތަކާއި ކޮލެޖުތަކުން އިލްމު ފޯރުކޮށްދިނުމުގައި މިހާރު ވެސް އަދާ ކުރަނީ މުހިންމު ދައުރެއް ކަން ފާހަގަ ކުރައްވައި މުއިއްޒު އެ ޖަލްސާގައި ވިދާޅުވީ ތައުލީމީ އިދާރާތަކުގެ ދައުރު އިތުރު ހަރުފަތަކަށް ގެންދަން ޖެހޭ ކަމަށެވެ.