Advertisement

ބިގް ޕްލޭޓް ރެސްޓޯރެންޓް ގެ "ތާލީ ލަންޗް" އަށް ބޮޑު ތަރުހީބެއް!

31 އޮކްޓޯބަރު 2023 - 20:40 1

ބިގް ޕްލޭޓް ރެސްޓޯރެންޓުގެ "ތާލީ ލަންޗް"


ބިގް ޕްލޭޓް ރެސްޓޯރެންޓް ގެ "ތާލީ ލަންޗް" އަށް ބޮޑު ތަރުހީބެއް!

31 އޮކްޓޯބަރު 2023 - 20:40 1

ދާދި ފަހުން މާލޭގައި ހުޅުވި ލަންކާ ގެ ފްރެންޗައިސް ރެސްޓޯރްންޓް ތަކުގައި އެންމެ ފަހުން ފެށި އިންޑިއާގެ މަޝްހޫރު ކެއުމެއް ކަމަށްވާ "ތާލީ ލަންޗް" އަކީ އާންމުންގެ ތެރޭގައި ވަރަށް މަގުބޫލު ޑިޝްއެކެވެ. ވަރަށް ހާއްސަ އަގުތަކެއްގައި މިހާރު މި ވިއްކާ ތާލި މީލްސް ގައި ތަފާތު ގިނަ ރަހަތައް އެކުލެވޭއިރު މި ޑިޝްގެ މަޝްހޫރުކަން އޮފީސް ގްރޫޕް ތަކުގެ މެދުގައި ބޮޑެވެ.

އަވަށްޓެރި ސްރީ ލަންކާގެ ފްރެންޗައިޒް އެއް ކަމަށްވާ ބިގް ޕްލޭޓް ރާއްްޖެއަށް ތައާރަފްވީ މި އަހަރުގެ ކުރީކޮޅު އެވެ. މާފަންނު ބިސްބުރު ކައިރީގައި ހުޅުވި އެ ރެސްޓޯރަންޓާއެކު ދިވެހިންނަށް މީރު އެތައް ރަހަތަކެއް ގެނެސްދެމުން އަންނަ ބިގް ޕްލޭޓްއިން ވަނީ ދާދި ފަހުން މާލޭގައި ދެވަނަ ރެސްޓޯރަންޓެއް ވެސް ހުޅުވާފަ އެވެ. މި ރެސްޓޯރަންޓު ހުންނާނީ ހެލްތު މިނިސްޓްރީ ގޯޅި ކަމަށްވާ ރޯޝަނީ މަގުގަ އެވެ.

މި އާ ރެސްޓޯރެންޓާއެކު ބިގް ޕްލޭޓުގެ މެނޫއަށް ތާލީ ވަނީ އިތުރުކޮށްފަ އެވެ. ތާލީ އަކީ ދިވެހިންގެ މެދުގައި މެންދުރުގެ ކެއުމަކަށް ވަރަށް މަގުބޫލު ކެއުމެކެވެ. މިއީ ތަފާތު އެކި ވައްތަރުގެ ކެއުންތައް ހިމެނޭހެން އިންޑިއަން ސްޓައިލް އަށް ތަތައްޔާރު ކޮށްފައި ހުންނަ ބޮޑު ކެއުމެކެވެ. އޭގައި ތަފާތު ރަހަތަކުގެ ރިހައިގެ ބާވަތްތަކާއިއެކު ބަތް އަދި ފްރައިޑް ޗިކަން ފަދަ އެއްޗެހި ހިމަނާފައި ހުރެ އެވެ.

ބިގް ޕްލޭޓުގެ ތާލީ ލިބެން ހުންނާނީ މެންދުރު 12 އިން ފެށިގެން ހަވީރު 3:30 އާ ހަމަޔަށެވެ. އަދި އޯޑަރުކޮށްލުމުން ޑެލިވަރީވެސް ކޮށްދޭނެ އެވެ.

ތާލީގެ އިތުރުން ބިގް ޕްލޭޓުން އިންޑިއާ، ލަންކާ، ޗައިނާ، ޔޫރަޕް އަދި މެދުއިރުމަތީގެ ރަހަތަކުގެ ކެއުންތައް ލިބެން ހުރެ އެވެ. ބިގްޕްލޭޓް އަކީ ދާދި ފަހުން ހުޅުވުނު ރެސްޓޯރަންޓް ޗެއިން އެއް ކަމުގައި ވީ ނަމަވަސް އެތަނުންގެ ސަބްމެރިން އަދި ޝަވަރުމާއަކީ މިހާރު އެންމެ މަޝްހޫރު އަދި މީރު ސަބްމެރިން ތެރޭ ހިމެނެއެވެ.