Advertisement

އައްޑޫ ފޭދޫ މެޖިސްޓްރޭޓު ކޯޓުގެ ހުރުމަތް ނުކަނޑަން، ޖޫރިމަނާގެ ހުކުމް އިސްތިއުނާފު ކުރަން ވިސްނަން: ޕީޖީ

31 އޮކްޓޯބަރު 2023 - 13:49 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ޕްރޮސެކިއުޓަ ޖެނެރަލް ހުސައިން ޝަމީމް؛ ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ ހުރުމަތް ނުކަނޑާ ކަމަށް ބުނެފި - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު


އައްޑޫ ފޭދޫ މެޖިސްޓްރޭޓު ކޯޓުގެ ހުރުމަތް ނުކަނޑަން، ޖޫރިމަނާގެ ހުކުމް އިސްތިއުނާފު ކުރަން ވިސްނަން: ޕީޖީ

31 އޮކްޓޯބަރު 2023 - 13:49 0

އައްޑޫ ސިޓީ ފޭދޫ މެޖިސްޓްރޭޓު ކޯޓުން އަމުރުކޮށްފައިވާ ބައެއް މައުލޫމާތުތައް ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީހުން ނުދިން މައްސަލައެއްގައި އެ އޮފީސް 10،000ރ. އިން ޖޫރިމަނާ ކުރުމަށް ނިންމީ އިންސާފުވެރިކޮށް ނޫން ކަމަށް އެ އޮފީހުން ބުނެފި އެވެ.

ޕީޖީ އޮފީހުގެ ވެބްސައިޓުގައި މިއަދު ޝާއިއުކުރި ލިޔުމެއްގައި ވަނީ އައްޑޫ ސިޓީ ފޭދޫ މެޖިސްޓްރޭޓުން ކޯޓުން އެދިފައިވާ މައުލޫމާތަކީ އެ އޮފީހަށް ލިބިފައިވާ މައުލުމާތުތަކެއް ނޫން ކަމަށެވެ. އަދި, އެ ހާލަތުގައި އެ މައުލޫމާތުތައް ހުރި އިދާރާއަކަށް އަމުރުކޮށްގެން ހޯއްދެވޭނެ ކަމަށް ލިޔެފައިވެ އެވެ.

އެ އޮފީހުން ބުނި ގޮތުގައި ކޯޓުން އެދިފައިވާ މައުލޫމާތަކީ ފުލުސް އޮފީހުން ބަލަހައްޓާ މައުލޫމާތެކެވެ. އެ މައުލޫމާތު ހޯދޭނީ ފުލުސް އޮފީހަށް އަމުރެއް ފޮނުވައިގެނެވެ. އެ އަމުރު ފުލުސް އޮފީހަށް ފޮނުވާފައިވާ އޮތް ކަމަށް ވެސް ޕީޖީއަށް ލިބިފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.

"އެފަދަ ކަމެއްގައި، މި އޮފީހުން ކޯޓުގެ ހުރުމަތް ކެނޑިކަމަށް ބެލުމަކީ އިންސާފުވެރި ގޮތެއްކަމަށް ނުވެދާނެތީ، އެ އަމުރު މަތީ މަރުހަލާގެ ކޯޓެއްގައި އިސްތިއުނާފު ކުރުމަށް މިދަނީ މަސައްކަތް ކުރަމުންނެވެ. މި އޮފީހުގައި ހުރި މައުލޫމަތެއް ކޯޓަކުން ބޭނުންފުޅުވެގެން އެދިވަޑައިގެންފިނަމަ، ނުދީ ހިފެހެއްޓުމަކީ މި އޮފީހުން ދުވަހަކު ވެސް ކުރި ނުވަތަ ކުރާނެ ވެސް ކަމެއް ނޫނެވެ." ލިޔުމުގައިވެ އެވެ.

އެ މައްސަލާގައި ކޯޓުން ހާމަކުރަން އެންގީ ދައުލަތުގެ ހެކިވެރިންގެ ހައްޔަރު ރެކޯޑެވެ. އެ މައުލޫމާތު ހާމަކުރަން ޖެހޭނެ ކަމަށް ނިންމި ނިންމުމަށް ހައި ކޯޓާއި ސުޕްރީމް ކޯޓުން ތާއީދު ކޮށްފައި އޮތަސް، ދައުލަތުން އެ ގޮތަށް އަމަލެއް ނުކުރެ އެވެ.