26 އޮކްޓޯބަރު 2023 - 13:55 1
އަހުމަދު އާއިދު
ކުމުންދޫ ފުޓްސަލް މުބާރާތުގެ ފައިނަލުގައި ހިނގި ހަމަނުޖެހުމުގެ ތެރެއިން : ކައުންސިލާއި މުވައްޒަފުންނަށް އިންޒާރު ދިނުމުން ކުމުންދޫ ފުޓްސަލް މުބާރާތް ކެންސަލްކޮށްފި - ފޮޓޯ: ފޭސްބުކް ލައިވް ސްނެޕްޝޮޓު
26 އޮކްޓޯބަރު 2023 - 13:55 1
ހދ. ކުމުންދޫގައި ބޭއްވި 'ކުމުންދޫ ކައުންސިލް ފުޓްސަލް ޗެލެންޖު 2023' ފައިނަލް މެޗު ކުޅެފި ނަމަ ކައުންސިލް އިދާރާއަށާއި މުވައްޒަފުންނަށް ގެއްލުންދޭނެ ކަމުގެ އިންޒާރުތަކެއް ލިބުމާ ގުޅިގެން އެ މެޗް ކެންސަލްކޮށްފި އެވެ.
އެ ރަށު ކައުންސިލްގެ ރަސްމީ ފޭސްބުކް ޕޭޖުން ކުރި ޕޯސްޓެއްގައި ބުނީ އިންޒާރުތައް ލިބުނީ އެ މުބާރާތުގެ ފައިނަލް މެޗު މިއަދަށް ތާވަލްކޮށް ޓީމުތަކަށް އެންގުމުން ކަމަށެވެ.
'ލަޔަން އެފްސީ' އަދި 'ޒީރު އެސްސީ" ގެ މެދުގައި ކުޅެވުނު އެ މެޗު ފުރަތަމަ ކުޅުނީ މި މަހުގެ 23 ގަ އެވެ. މެޗުގެ ފަހު ވަގުތުގައި ޒީރު އެސްސީގެ ކުޅުންތެރިޔަކު އަތް ބޭނުންކޮށްގެން ގޯލެއް ޖެހި ކަމަށްބުނެ ލަޔަސް އެފްސީގެ ކުޅުންތެރިންނާއި އޮފިޝަލުން ވަނީ ދަނޑުމަތީ ނުރުހުން ފާޅުކޮށް ހަމަނުޖެހުން ހިންގާފަ އެވެ.
މެޗު ނިމެން ދެ މިނަޓަށް ވެފައިވަނިކޮށް ފެށި އެ ހަަމަނުޖެހުންތަކަށްފަހު މެޗު އެ ރޭ ކުރިއަށް ނުގެންދެވުނެވެ. މިކަމާ ގުޅިގެން ކުމުންދޫ ކައުންސިލުން އަދި އެ ރަށުން "އަދަދު" އާ ވާހަކަދެއްކި އެއްވެސް ފަރާތަކުން މައްސަލާގެ ތަފުސީލެއް ދިނުމަށް އެއްބަސްވެފައެއް ނުވެ އެވެ.
"އިތުރަށް މިއަހަރުގެ މުބާރާތް ކުރިޔައް ގެންދިޔުމަށް މަސައްކަތް ކޮށްފިނަމަ ކުމުންދޫ ކައުންސިލް އިދާރާ އަށާއި މުވަޒަފުންނަށް ގެންލުން ތަކެއްލިބި މާރާމާރީ ހިންގާނެކަމުގެ އިންޒާރު މިއަދު ވަނީ ކުމުންދޫ ކައުންސިލް އިދާރާއަށް ބަޔަކު އައިސް ދީފަ" ކުމުންދޫ ކައުންސިލުން ބުނެފައިވެ އެވެ.
ކުމުންދޫ ކައުންސިލްގެ ޕޯސްޓުގައި އިތުރަށް ބުނެފައިވަނީ އިންޒާރުތަކާ ގުޅިގެން އިތުރަށް ރަށުގެ މަސްލަހަތު ގެއްލުވާލަން ފުރުސަތުދޭކަށް ބޭނުން ނުވާތީ ފުޓްސަލް މުބާރާތް ކުރިއަށް ނުގެންދާން ނިންމާފައިވާ ކަމަށެވެ.
100.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
ރެފްރީއެއް
over 1 year ago
ބުނެލަން ބޭނުމީ، މުބާރާތައް ތައްޔާރުވާއިރު ފުޓްސަލް ޤަވާޢިދުގެ އިތުރުން މުބާރާތުގެ ޤަވާޢިދު ހަދައި ހޭލުންތެރި ކުރުން މުހިންމު. އަދި މެޗު ފެށުމަށް ފަހު މެޗުގެ ކަންކަމަށް ގޮތް ނިންމާނީ ރެފްރީން. އަދި ރެފްރީންނަށް މުބާރާތް އިންތިޒާމު ކުރާ ފަރާތުން ނުވަތަ މުބާރާތުގެ ކޮމެޓީއިން ނިންމާ ކަންކަމަށް އަތް ބޭނިގެން ނުވާނެ.
Comment