Advertisement

ޖާހުގެ 'ދަ ގާޑެންސް' އާ އާބަންކޯއިން ހަވާލުވެ، ހަ މަސް ތެރޭގައި ނިންމަނީ

25 އޮކްޓޯބަރު 2023 - 20:17 0

އަމަން ހަލީމް

އަމަން ހަލީމް

ޖާހު އިންވެސްޓްމަންޓްސްއިން ތަރައްގީކުރަމުން އައި 'ދަ ގާޑެންސް': މިތަނުގެ މަސައްކަތްތައް އެއްކޮށް ކަހަލަ ގޮތަަކަށް ހުއްޓުނީ ކޮވިޑު އާލަމީވަބާގެ ދުވަސްވަރު -- ފޮޓޯ/އަދަދު


ޖާހުގެ 'ދަ ގާޑެންސް' އާ އާބަންކޯއިން ހަވާލުވެ، ހަ މަސް ތެރޭގައި ނިންމަނީ

25 އޮކްޓޯބަރު 2023 - 20:17 0

ޖާހު އިންވެސްޓްމަންޓްސް (ކުރިން ޖައުސާ ކޮންސްޓްރަކްޝަން)އިން ހުޅުމާލޭ އެއްވަނަ ފިޔަވަހީގައި ތަރައްގީކުރަމުން އައި 'ދަ ގާޑެންސް'ގެ ނުނިމި ހުރި މަސައްކަތްތައް ނިންމުމާ އާބަންކޯއިން މިއަދު ހަވާލުވެއްޖެ އެވެ.

'ދަ ގާޑެންސް'ގެ މަސައްކަތްތައް އާބަންކޯގެ ބެލުމުގެ ދަށުން މިފެށީ އެ މަސައްކަތް ހުއްޓިފައި އޮންނަތާ ގިނަ ދުވަސްތަކެއް ފަހުންނެވެ.

މިކަމާ ގުޅޭ ގޮތުން އާބަންކޯއިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ އެ އިމާރާތުގައި މިހާރު ކުރަމުން އަންނަނީ ދިހަ ވަނަ ފަންގިފިލާއިން ތިރީ ފަންގިފިލާތަކުގެ ފިނިޝިން މަސައްކަތް ކަމަށެވެ. އެގޮތުން, ޕްލާސްޓަރިން އާއި ޕުޓީގެ މަސައްކަތާއި މުށި އަދި ސީލިން ކުރުމުގެ މަސައްކަތް ހިނގަމުންދާ ކަމަށް އެ ކުންފުނިން ބުންޏެވެ.

އާބަންކޯއިން އިތުރަށް ބުނި ގޮތުގައި ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި މި އިމާރާތުގައި ނުނިމި ހުރިހާ މަސައްކަތްތަކެއް ނިންމާލެވޭނެ އެވެ.

މި އިމާރާތް އެޅުމުގެ އެއްބަސްވުމުގައި އާބަންކޯއާ އެކީ ޖާހު އިންވެސްޓްމަންޓުން ސޮއިކުރީ 2017 ގަ އެވެ. ފެށިގެން އައި އިރު މި އިމާރާތުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށް ދިޔަ އެވެ. އަދި, ތިން އަހަރުގެ ތެރޭގައި އިމާރާތުގެ ސްޓްރަކްޗާ އެއްކޮށް ނިންމާ ބޭރާއި އެތެރޭގެ ފިނިޝިން މަސައްކަތްތައް ވެސް ފެށި އެވެ.

މަސައްކަތްތައް އެއްކޮށް ކަހަލަ ގޮތަކަށް ހުއްޓުނީ ކޮވިޑުގެ އާލަމީ ވަބާގެ ދުވަސްވަރެވެ. އެފަހުން އެކި ފަހަރު މަތިިން މަސައްކަތް ފަށައި، ނިންމަން އެކި ތާރީހުތައް ދިން ނަމަވެސް މަސައްކަތްތައް ނުނިމެ އެވެ.

ދަ ގާޑަންސްގައި 28 ސުއިޓާއި 55 ވިލާ ހިމެނޭހެން ޖުމުލަ 83 ލަގްޒަރީ ޔުނިޓު ހުރެ އެވެ.