Advertisement

މަގޫދޫގައި ސިޓީ ހޮޓަލަކާއި ގެސްޓްހައުސްއެއް އަޅަން ބީލަން ހުށަހަޅަން ހުޅުވާލައިފި

24 އޮކްޓޯބަރު 2023 - 13:22 0

އަމަން ހަލީމް

އަމަން ހަލީމް

ފ. މަގޫދޫ: މި ރަށު ފަޅުން ބިން ހިއްކައިގެން މި ރަށުގައި އެއާޕޯޓު ތަރައްގީކުރަނީ ޖެޓު ޖެއްސޭ ގޮތަށް -- ފޮޓޯ/މަގޫދޫ ފޭސްބުކް ޕޭޖު


މަގޫދޫގައި ސިޓީ ހޮޓަލަކާއި ގެސްޓްހައުސްއެއް އަޅަން ބީލަން ހުށަހަޅަން ހުޅުވާލައިފި

24 އޮކްޓޯބަރު 2023 - 13:22 0

ޑޮމެސްޓިކް އެއާޕޯޓެއް ތަރައްގީކުރަމުން އަންނަ ފ. މަގޫދޫގައި ސިޓީ ހޮޓަލަކާއި ގެސްޓްހައުސްއެއް ތަރައްގީކުރަން ޝައުގުވެރިކަން ހުރި ފަރާތްތަކުން ބީލަން ހުށަހަޅަން އެ ރަށު ކައުންސިލުން އިއްޔެ ހުޅުވާލައިފި އެވެ.

މަގޫދޫ ރަށު ކައުންސިލުން ކުރި އިއުލާނުގައިވާ ގޮތުގައި ސިޓީ ހޮޓާ އަޅަން ދޫކުރަނީ 32،211 އަކަފޫޓުގެ ބިމެކެވެ. އަދި ގެސްޓްހައުސްތައް އަޅަން ދޫކުރަނީ 14،434 އަކަފޫޓުގެ ބިމެކެވެ. މި ދެ ބިމަކީ ވެސް އެއާޕޯޓާ އިންވެގެން، ރަށުގެ ހުޅަނގު ފަރާތު އަތިރިމައްޗަށްވާ ގޮތަށް ހުރި ބިންތަކެކެވެ.

މި ބިންތައް ދޫކުރަނީ 50 އަހަރުގެ މުއްދަތަކަށް ލީސް އެކުއިޒިޝަން ކޮސްޓު ނަގާ ގޮތަށެވެ. އަދި ބިމު ކުލި ނަގާ ގޮތަށް ހަމަޖައްސާފައި ވަނީ ކުލި ނަގާ މުއްދަތުގެ ތެރޭގައި، ވަކި މުއްދަތަކަށް ފަހު ބިމު ކުލި އިތުރުވާ ގޮތަށް، ޕްރޮގްރެސިވް ކުއްޔެކެވެ.

މަގޫދޫ ސިޓީ ހޮޓާ

  • ލީސް އެކުއިޒިޝަން ކޮސްޓު - މަދުވެގެން 128،844ރ.
  • ފުރަތަމަ ހަތަރު އަހަރުގެ ކުލި - އަހަރަކު 773،064ރ.
  • 5-15 އަހަރަށް ކުލި - އަހަރަކު 873,562.32ރ.
  • 16-25 އަހަރަށް ކުލި - އަހަރަކު 995,861.04ރ.
  • 26-50 އަހަރަށް ކުލި - އަހަރަކު 1,145,240.16ރ.

މަގޫދޫ ގެސްޓްހައުސް

  • ލީސް އެކުއިޒިޝަން ކޮސްޓު - މަދުވެގެން 57,736ރ.
  • ފުރަތަމަ ހަތަރު އަހަރުގެ ކުލި - އަހަރަކު 346,416ރ.
  • 5-15 އަހަރަށް ކުލި - އަހަރަކު 391,450.08ރ.
  • 16-25 އަހަރަށް ކުލި - އަހަރަކު 446,253.12ރ.
  • 26-50 އަހަރަށް ކުލި - އަހަރަކު 513,191.04ރ.

މިކަމަށް ޝައުގުވެރިކަން ހުރި ފަރާތްތަކުން ބީލަން ހުށަހަޅަން ޖެހެނީ މަގޫދޫ ރަށު ކައުންސިލަށެވެ. ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ މަހުގެ 23 އެވެ.