Advertisement

އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދައަށް އެދުމުގެ މުއްދަތު މިމަހުގެ ނިޔަލަށް އިތުރުކޮށްފި

24 އޮކްޓޯބަރު 2023 - 11:23 0

ރާއްޖޭން އުމްރާއަށް ދިޔަ ބަޔަކު ފުރަން އެއާޕޯޓުގައި. އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދައަަށް އެދުމުގެ މުއްދަތު މިއަދު ވަނީ އިތުރުކޮށްފައި. ފައިލްފޮޓޯ


އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދައަށް އެދުމުގެ މުއްދަތު މިމަހުގެ ނިޔަލަށް އިތުރުކޮށްފި

24 އޮކްޓޯބަރު 2023 - 11:23 0

ރާއްޖެއިން އުމްރާއަށް މީހުން ގެންދަން ޝައުގުވެރިވާ ފަރާތްތަކުން އެކަމުގެ ހުއްދަ ހޯދަން އެދި ހުށަހަޅަން ހުޅުވައިލި ފުރުސަތުގެ މުއްދަތު މިއަދު ހަމަވުމާ އެކު ސަރުކާރުން އެ މުއްދަތު އިތުރުކޮށްފި އެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ކުރި އިއުލާނުގައިވާ ގޮތުން، އުމްރާއަށް ގެންދިއުމުގެ ހުއްދައަށް އެދުމުގެ މުއްދަތު އިތުރުކުރީ މިމަހުގެ 31 އާ ހަމައަށެވެ. އެ އިއުލާނުގައިވާ ގޮތުން، އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ ހޯދުމަށް ޓަކައި ޕްރޮޕޯސަލް ހުށަހަޅަން ބޭނުންކުރާ "ޕްރޮޕޯސަލް ފޮތް" އެ މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެ އެވެ.

ޕްރޮޕޯސަލް ހުށަހަޅަން ޖެހޭނީ އެކަމަކު ޕްރިންޓްކޮށް، ސިޓީއުރައެއްގައި ބަންދުކޮށް ސިޓީ އުރައިގެ ބޭރުގައި، "ދިވެހިރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދައަށް އެދި" ލިޔެގެންނެވެ. ޕްރޮޕޯސަލް ހުށަހެޅޭނީ ބަންދުނޫން ދުވަސްތަކުގެ ހެނދުނު 9:00 އިން މެންދުރު ފަހު 1:00 އާ ދެމެދުގެ ވަގުތުތަކުގަ އެވެ.

ރާއްޖޭން މީހުން އުމްރާއަށް ގެންދިއުމުގެ ހުއްދަ ދީފައިވަނީ 43 ކުންފުންޏަކަށެވެ. އޭގެ ތެރެއިން 24 ކުންފުންޏެއްގެ ހުއްދަ މި މަހުގެ ނިޔަލަށް ހަމަވާނެ އެވެ. އަދި 12 ކުންފުންޏެއްގެ ހުއްދަ މި އަހަރުގެ ނޮވެމްބަރުގައި ހަމަވާނެ އެވެ. ބާކީ ހަތް ކުންފުނީގެ ހުއްދަ ހަމަވާނީ އަންނަ އަހަރުގެ މާޗު މަހު އެވެ.

އުމްރާއަށް މީހުން ގެންދަން ހުއްދަ ދެނީ ދެ އަހަރުގެ މުއްދަތަށެވެ.

ޕްރޮޕޯޒަލް ހުށަހަޅާ ކުންފުނިތަކުގައި ހުންނަންޖެހޭ ޝަރުތު

  • ސައްތައިން ސައްތަ ދިވެހީންގެ ހިއްސާ އޮންނަ ކުންފުންޏަކަށް ވުން
  • ރާއްޖެއިން އުމްރާއަށް މީހުން ގެންދިޔުމުގެ ހުއްދައަށް އެދޭ ކުންފުނީގެ ޑިރެކްޓަރުންނަކީ، ހުއްދައަށް އެދި ހުށަހަޅާއިރު ޖިނާއީ ކުށެއްގައި ހުކުމެއް ތަންފީޒު ކުރަމުންދާ މީހެއް ކަމުގައި ނުވުން، ނުވަތަ ހުއްދައަށް އެދި ހުށަހަޅާ ތާރީހުން ފެށިގެން ވޭތުވެދިޔަ 5 (ފަހެއް) އަހަރު ދުވަހުގެ މުއްދަތުގައި އޭނާގެ މައްޗަށް ޖިނާއީ ހުކުމެއް ސާބިތުވެފައިވާ މީހެއް ކަމުގައި ނުވުން، ނުވަތަ އެ މުއްދަތުގައި ޖިނާއީ ކުށްތަކުގެ ތެރެއިން ފައިސާގެ ހިޔާނަތާބެހޭ އެއްވެސް މައްސަލައެއްގެ ތުހުމަތު ކުރެވިފައިވާ މީހެއް ކަމުގައި ނުވުމާއި، އެ ފަދަ މައްސަލައެއް ށަރުއީ ކޯޓެއްގައި ހިނގަމުންދާ ފަރާތެއް ކުންފުނީގެ ޑިރެކްޓަރުންގެ ގޮތުގައި ހިމެނިފައި ނުވުން.

ރާއްޖޭން އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ ލިބޭ ކުންފުނިތަކުން 20،000ރ. ގެ ފީއެއް ސަރުކާރަށް ދައްކަން ޖެހޭނެ އެވެ.