Advertisement

ދިގު މުއްދަތަކަށް ބަހާލައިގެން ވިނަރެސް ފްލެޓު ތަކަށް ފައިސާ ދައްކާއިރު ނަގާ އިންޓްރެސްޓް ހަ ޕަސެންޓަށް ކުޑަކޮށްފި

22 އޮކްޓޯބަރު 2023 - 15:33 1

މުހައްމަދު ޖަމްޝަތު ވަހީދު

މުހައްމަދު ޖަމްޝަތު ވަހީދު

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްގީކުރި ވިނަރެސް ފްލެޓުތައް -- ފޮޓޯ: އިޔާން/އަދަދު


ދިގު މުއްދަތަކަށް ބަހާލައިގެން ވިނަރެސް ފްލެޓު ތަކަށް ފައިސާ ދައްކާއިރު ނަގާ އިންޓްރެސްޓް ހަ ޕަސެންޓަށް ކުޑަކޮށްފި

22 އޮކްޓޯބަރު 2023 - 15:33 1

ދިގު މުއްދަތަކަށް ބަހާލައިގެން ވިނަރެސް ފްލެޓްތަކަށް ފައިސާ ދައްކާ ފަރާތްތަކަށް އިންޓަރެސްޓް ރޭޓް ހަ ޕަސެންޓަށް މިއަދު ކުޑަކޮށްފި އެވެ.

އާބަންކޯ އިން ބުނީ ކުރިން އިންޓަރެސްޓު ރޭޓަކީ ނުވަ ޕަސެންޓު ކަމަށާއި، ހަ ޕަސެންޓަށް ކުޑަކުރުމުން ފްލެޓުވެރިންނަށް މާލީ ގޮތުން ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށެވެ.

މިއަދު ގެނައި މި ބަދަލު ގެނައިީ ހަމައެކަނި ދިގު މުއްދަތައް ބަހާލައިގެން ފައިސާ ދައްކާ ފަރާތްތަކަށެވެ. މި މަޝްރޫއުގެ އެޕާޓުމެންޓެއްގެ އަގަކީ 2.5-3 މިލިއަން ރުފިޔާ އެވެ.

ޗައިނާ މެޝީނަރީ އިންޖިނިއަރިން ކޯޕަރޭޝަން (ސީއެމްއީސީ)އާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ ވިނަރެސް މަޝްރޫއުގެ 10 ޓަވަރުގައި ތިން ކޮޓަރީގެ 1344 އެޕާޓްމަންޓް ހުރެ އެވެ. އެ އެޕާޓުމަންޓުތައް ގަތުމަށް ހުޅުވާލި ފުރުސަތުގައި ޖުމްލަ 1413 ފޯމު ހުށަހަޅާފައިވެ އެވެ. ފޯމު ހުށަހެޅި މީހުންގެ ތެރެއިން ޝަރުތުހަމަވީ 723 މީހުންނެވެ.

އާބަންކޯ އިން ބުނި ގޮތުގައި ވިނަރެސް ފްލެޓު ލިބޭ 288 ފަރާތަކާއެކު އެގްރީމެންޓްގައި މިހާތަނަށް ސޮއިކޮށްފަ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މަޝްރޫއުގެ މަސައްކަތް ފެށި ނަމަވެސް، އެ ވެރިކަން ބަދަލުވިއިރު، ގިނަ ޓަވަރުތަކުގެ ފައުންޑޭޝަން ވެސް ނާޅަ އެވެ. މަޝްރޫއުގެ ބޮޑުބައި ފަށައި ނިންމާފައިވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުންނެވެ.