Advertisement

ސިޑްނީ އިންޓަނޭޝަނަލް: ނަބާ ކުއާޓާ ފައިނަލުން ފުރުސަތު ހޯދައިފި

20 އޮކްޓޯބަރު 2023 - 21:34 0

ގައުމީ ބެޑްމިންޓަން ޓީމުގެ ނަބާހާ: އޭނާ އަންނަނީ ބައިނަލްއަގުވާމީ މުބާރާތްތަކުގައި ރަނގަޅު ވާދައެއް ކުރަމުން.-- ފޮޓޯ: ގެޓީއިމޭޖަސް


ސިޑްނީ އިންޓަނޭޝަނަލް: ނަބާ ކުއާޓާ ފައިނަލުން ފުރުސަތު ހޯދައިފި

20 އޮކްޓޯބަރު 2023 - 21:34 0

އޮސްޓްރޭލިއާގައި މިހާރު ކުރިއަށްދާ "ސިޑްނީ އިންޓަނޭޝަނަލް 2023"، ބެޑްމިންޓަން މުބާރާތުގެ އަންހެން ސިންގަލްސް ކުއާޓާ ފައިނަލުން ރާއްޖޭގެ ފާތިމަތު ނަބާހާ (ނަބާ) ފުރުސަތު ހޯދައިފި އެވެ.

އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގެ އަންހެން ސިންގަލްސް އިން ރިހި މެޑަލް ހޯދި ނަބާ ވަނީ ދާދި ފަހުން އޮސްޓްރޭލިއާގައި ކުރިއަށްދިޔަ ޔޮނެކްސް ބެންޑިގޯ އިންޓަނޭޝަނަލް މުބާރާތުގެ ކުއާޓާ ފައިނަލުން ފުރުސަތު ހޯދައިފަ އެވެ.

ސިޑްނީ މުބާރާތުގެ ކުއާޓާ ފައިނަލަށް ނަބާ ދަތުރުކުރީ ގަދަ 16 ބުރުގައި ކުޅުނު މެޗުން އޮސްޓްރޭލިއާގެ ވިކްޓޯރިއާ ލީ އަތުން 21-11، 21-10 އިން މޮޅުވެގެންނެވެ. މާދަމާ ކުޅޭ ކުއާޓާ ފައިނަލް މެޗުގައި ނަބާ ބައްދަލުުރާނީ މި އިވެންޓްގެ ދެ ވަނަ އަށް ސީޑްކޮށްފައިވާ އޮސްޓްރޭލިއާގެ ކާއި ކީއާ އެވެ.

ނަބާ ވަނީ މިއަދު އަންހެން ޑަބަލްސް އާއި މިކްސް ޑަބަލްސްގެ ގަދަ 16 ބުރުގައި ވާދަކޮށްފަ އެވެ.

އެ ގޮތުން، އަންހެން ޑަބަލްސްގެ ގަދަ 16 ބުރުގައި އޮސްޓްރޭލިއާގެ ސިލްވީނާ ކުރްނިއާވާން އާއި ފޫން ލޮކް ޔަންގެ ޕެއާއާ ކުޅެގެން ނަބާ އާއި އައިމިނަތު ނަބީހާ (ނަބީ)ގެ ޕެއާ ބަލިވީ 21-11، 21-14 އިންނެވެ. މިކްސް ޑަބަލްސްގައި ނަބާ އާއި ޒަޔާން ޒަކީގެ ޕެއާ ނުކުތީ ޗައިނީސް ޓައިޕޭގެ ޗެން ޝެން ފާ އާއި ލިންގް ޖީ ޔުންގެ ޕެއާއާ ދެކޮޅަށެވެ. އެ މެޗުން، ނަބާ އާއި ޒަޔާންގެ ޕެއާ ބަލިވީ 21-05، 21-14 އިންނެވެ.