Advertisement

ޖަޕާނުން ރާއްޖެއަށް 38 މިލިއަން ރުފިޔަގެ ޑްރަގް ޓެސްޓިން ކިޓު ހަދިޔާާކޮށްފި

20 އޮކްޓޯބަރު 2023 - 10:29 1

ބަންޑާރަ ކޮށީގައި އިއްޔެ ބޭއްވި ހަފުލާ: ހަދިޔާ ކުރީ ފިޝަރީޒް އަދި ކަނޑުގެ ސަރަހައްދުގައި ހިނގާ ކުށްތައް ހުއްޓުވުމުގައި ބޭނުން ކުރުމަށް ދިން ތަކެތި -- ފޮޓޯ: ޖަޕާން އެމްބަސީ


ޖަޕާނުން ރާއްޖެއަށް 38 މިލިއަން ރުފިޔަގެ ޑްރަގް ޓެސްޓިން ކިޓު ހަދިޔާާކޮށްފި

20 އޮކްޓޯބަރު 2023 - 10:29 1

މަސްތުވާތަކެތި ދަނެގަނެ، ޓެސްޓު ކުރުމަށް ބޭނުންވާ 38 މިލިއަން ރުފިޔާގެ ސާމާނު ޖަޕާނު ސަރުކާރުން ދިވެހިރާއްޖޭގެ ސިފައިންނަށް ބުރާސްފަތި ދުވަހު ހަދިޔާކޮށްފި އެވެ.

ޖަޕާނުން އެ ތަކެތި ހަދިޔާ ކުރީ އދ. ގެ މަސްތުވާތަކެއްޗާ ބެހޭ އޮފީހާއެކު އެ ގައުމުން މާޗް، 2023 ގައި ސޮއި ކުރި އެއްބަސްވުމެއްގެ ދަށުންނެވެ. އެ ތަކެތި ބޭނުން ކުރާނީ ކަނޑު މަގުން ރާއްޖެ އެތެރެ ކުރާ މަސްތުވާތަކެތި ޓެސްޓު ކުރުމަށެވެ.

ޖަޕާނު އެމްބަސީން ނެރުނު ބަޔާނެއްގައި ބުނީ މަސްތުވާތަކެތި ޓެސްޓު ކުރާ ސާމާނު ބޭނުން ކުރާނީ މަސްތުވާތަކެތި ދަނެގަތުމަށާއި ތަހުގީގު މަރުހަލާގަ އާއި ދައުވާ ކުރާ މަރުހަލާގައި ކަމަށެވެ. އެ ތަކެތި ހާއްސަ ކުރީ ފިޝެރީޒް ސެކްޓަރުގައި އަދި ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހިންގާ މަސްތުވާތަކެތީގެ ކުށްތައް ހުއްޓުވުމަށެވެ.

މަސްތުވާތަކެތި ޓެސްޓު ކުރާ ސާމާނު ރާއްޖެއާ ހަވާލުވީ ސިފައިން ބޭނުން ކުރާ ބަންޑާރަ ކޮށީގައި ބޭއްވި ހަފުލާއެއްގައި ޖަޕާނުގެ އެމްބެސެޑަރު ޓަކެއޫޗީ މިޑޯރީ އެވެ. ސާމާނާ ހަވާލުވެވަޑައިގަތީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އެވެ.