Advertisement

ޓޭބަލް ޓެނިހުގެ ބޮޑު ދެ މުބާރާތް މި މަހު ފަހުކޮޅު ފަށަނީ

19 އޮކްޓޯބަރު 2023 - 12:25 0

ޓޭބަލް ޓެނިސް ގައުމީ މުބާރާތުގެ ފައިނަލުގައި މިދިޔަ އަހަރު ދީމާ ކުޅެނީ - ފޮޓޯ:މުހައްމަދު ޝާބިން/އަދަދު


ޓޭބަލް ޓެނިހުގެ ބޮޑު ދެ މުބާރާތް މި މަހު ފަހުކޮޅު ފަށަނީ

19 އޮކްޓޯބަރު 2023 - 12:25 0

ޓޭބަލް ޓެނިހުގެ އަހަރުގެ އެންމެ ބޮޑު ލޯކަލް ދެ މުބާރާތް ކަމަށްވާ ގައުމީ ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕާއި، ޓޭބަލް ޓެނިސް އެސޯސިއޭޝަން ޗެމްޕިއަންޝިޕް މި މަހުގެ ފަހުކޮޅު ފަށަން ތައްޔާރުވެއްޖެ އެވެ.

ޓޭބަލް ޓެނިސް އެސޯސިއޭޝަން ޗެމްޕިއަންޝިޕް އޮންނާނީ މިމަހުގެ 22-26 އަށެވެ. އަދި ގައުމީ މުބާރާތް އޮންނާނީ މިމަހުގެ 28 އިން ނޮވެމްބަރު 2 އަށެވެ.

ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީޓީއޭއެމް) އިން މައުލޫމާތުދޭ ގޮތުގައި އަހަރުގެ މުހިންމު ދެ މުބާރާތް ގާތް ގާތުގައި ބާއްވަން ޖެހުނީ މި އަހަރު އޮތް ގޭމްސްތަކަށް ޕްރެކްޓިސްކުރަން ފުރުސަތުދިނުމަށް ލޯކަލް މުބާރާތް ނުބާއްވާ ލަސްކުރަން ޖެހުމުންނެވެ.

މި އަހަރު ކުރިއަށްދިޔަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އާއި އޭޝިއަން ގޭމްސް ގައި ގައުމީ ޓީޓީ ޓީމުން ވާދަކުރި އެވެ. މީގެ ތެރެއިން އައިއޯއައިޖީގައި ޓޭބަލް ޓެނިސް އަންހެން ޓީމާއި ފިިރިހެން ޓީމުންވެސް ބޮޑު ކާމިޔާބެއް ހޯދި އެވެ.

"ބޮޑު ދެ ގޭމްސް އޮތީމަ ގައުމީ ސްކޮޑުގެ ޕްރެކްޓިސްތަކަށް ދެ މުބާރާތްވެސް ލަސްކުރީ، އާންމުކޮށް ގައުމީ މި އޮންނަނީ އަހަރު ފަހުކޮޅު، އެކަމަކު އެސޯސިއޭޝަން ޗެމްޕިއަންޝިޕް މިހާ ކައިރީގައި ކުރިން ނުބާއްވަން." ޓޭބަލް ޓެނިސް އެސޯސިއޭޝަންގެ ނައިބު ރައީސް އިބްރާހިމް ޝިއުރީ ވިދާޅުވި އެވެ.

މިދިޔަ އަހަރުގެ އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ އަންހެން ސިންގަލްސް ޗެމްޕިއަންކަން ހޯދީ އައިޝަތު ރަފާ ނާޒިމް އެވެ. އަދި ފިރިހެން ސިންގަލްސް ޗެމްޕިއަންކަން ހޯދީ މޫސާ މުންސިފް އަހްމަދު އެވެ.

މި ދެ ކުޅުންތެރިން ބަލިކޮށް މިދިޔަ އަހަރުގެ ފަހުކޮޅު ބޭއްވި ގައުމީ ޓޭބަލް ޓެނިސް މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ފާތިމަތު ދީމާ އަލީ އާއި މުހައްމަދު ޝައްފާން އިސްމާއިލް އެވެ.