Advertisement

ހަ ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓެއް މަޖިލީހަށް މިއަދު ހުށަހަޅަނީ

18 އޮކްޓޯބަރު 2023 - 12:33 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު (ވ) އަދި ޗީފް ފައިނޭންޝަލް ބަޖެޓު އެގްޒެކެޓިވް އަހުމަދު ސަރުވަޝް (ކ). ސަޕްލިމެންޓަރީ ބަޖެޓު ފޮނުވަނީ ދެން ހަވާލުވާ ސަރުކާރުގެ މަޝްވަރާއާ އެކު --- ފޮޓޯ: ރައީސް އޮފީސް


ހަ ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓެއް މަޖިލީހަށް މިއަދު ހުށަހަޅަނީ

18 އޮކްޓޯބަރު 2023 - 12:33 0

މި ހިނގަމުންދާ މާލީ އަހަރަށް ފާސްކޮށްފައިވާ ބަޖެޓުގެ އިތުރުން އެ ބަޖެޓުގެ ބައެއްގެ ގޮތުގައި އިތުރު ހަ ބިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓެއް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅަން ސަރުކާރުން ނިންމާފައިވާކަން "އަދަދު" އަށް އެނގިއްޖެ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދައުރުގެ ފަހު އަހަރަށް ފާސްކުރީ 42.84 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެއަށްވުރެ އިތުރަށް ހަ ބިލިއަން ހަރަދު ކުރުމަށް މަޖިލީހަށް ސަޕްލިމެންޓަރީ ބަޖެޓު ހުށަހަޅަނީ އިންތިހާބީ ރައީސްގެ އޮފީހާ ވެސް މަޝްވަރާ ކޮށްގެން ކަމަށް ވަނީ އެނގިފަ އެވެ.

މިއަދުގެ ވަގުތެއްގައި މި ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނެކަން "އަދަދު" ނޫހަށް ފިނޭންސް މިނިސްޓްރީގެ އިސް އޮފިޝަލަކު ކަށަވަރުކޮށްދެއްވި އެވެ.

ފާސްކުރި ބަޖެޓަށް ވުރެ އިތުރަށް ހަ ބިލިއަން ރުފިޔާ ހަރަދުކުރަން މަޖުުބޫރުވީ މިއަހަރަށް ކަނޑައަޅާފައިވާ ފިއުލް ސަބްސިޑީއަށް ވުރެ އިތުރަށް ހަރަދުކުރަން ޖެހުމާއި, އާސަންދައިގެ ބަޖެޓު ހުސްވުމުގެ އިތުރުން ސްޓޫޑެންޓް ލޯނާއި ހިލޭ ޑިގްރީގެ ސްކީމަށް ހަރަދުތައް އިތުރުވުމުގެ ސަބަބުން ކަމަށް ވެސް "އަދަދު" ނޫހަށް ވަނީ މައުލޫމާތު ލިބިފަ އެވެ.

ފިނޭންސް މިނިސްޓްރީން އެންމެ ފަހުން އާންމުކުރި "ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް" ރިޕޯޓުން އެނގޭ ގޮތުގައި އާސަންދައަށް ބަޖެޓު ކުރި ވަރަށް 487.6 މިލިއަން ރުފިޔާ ހަރަދު ކޮށްފައި ވާއިރު ސަބްސިޑީއަށް އިތުރަށް 732.4 މިލިއަން ހަރަދު ކޮށްފި އެވެ.

އޭގެ އިތުރުން, އިންވެސްޓްމަންޓު ހޭދަ (އިންވެސްޓްމަންޓް އައުޓްލޭސް) ގެ ގޮތުގައި ބަޖެޓު ކުރި ވަރަށްވުރެ 379 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ. އޭގެ އިތުރުން, ސަރުކާރު ކުންފުނިތަކަށް ދޫކުރާ ލޯނު ނުވަތަ ޑޮމެސްޓިކް ލެންޑިންގެ ގޮތުގައި ބަޖެޓު ކުރި ވަރަށް ވުރެ 478 މިލިއަން ރުފިޔާ ވަނީ އިތުރަށް ހޭދަކޮށްފަ އެވެ.

ސެޕްޓެމްބަރު 28, ގައި އާންމުކުރި މި ރިޕޯޓުގައިވާ ގޮތުން އެހާތަނަށް ބަޖެޓުން 35.8 ބިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ. އެއީ މިއަހަރަށް ފާސްކުރި ބަޖެޓުގެ 83.6 ޕަސެންޓެވެ. އޭގެ ފަހުން ބަޖެޓު ހަރަދުތައް އެނގޭނެ ރިޕޯޓެއް ފިނޭންސުން ހާމަކޮށްފައި ނުވެ އެވެ.

އަންނަ އަހަރަށް ލަފާކުރާ ބަޖެޓު ތައްޔާރުކުރުމުގެ މަސައްކަތް ވެސް ފިނޭންސް މިނިސްޓްރީން ދަނީ ކުރަމުންނެވެ. އެންމެ ލަސްވެގެން އޮކްޓޯބަރު 31, ގެ ނިޔަލަށް މަޖިލީހަށް ބަޖެޓު ހުށަހަޅަން ޖެހޭއިރު އެ ބަޖެޓަށް ވެސް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މަޝްވަރާ ހޯދާނެ ކަމަށް ފިނޭންސުން މީގެކުރިން ބުނެފައިވެ އެވެ.