Advertisement

ވޯލްޑް ކަޕް ކޮލިފައިން: ކެޓީ ރާއްޖެ އާއި ލަންކާ އަދި ބޫޓާން

17 އޮކްޓޯބަރު 2023 - 20:12 1


ވޯލްޑް ކަޕް ކޮލިފައިން: ކެޓީ ރާއްޖެ އާއި ލަންކާ އަދި ބޫޓާން

17 އޮކްޓޯބަރު 2023 - 20:12 1

ފީފާ ވޯލްޑް ކަޕް ކޮލިފައިންގެ އޭޝިއާ ލެވަލްގެ ޕްރިލިމިނަރީ ބުރުން ސާފްގެ ގައުމުތަކުގެ ތެރެއިން ސްރީ ލަންކާ އާއި ރާއްޖެ އަދި ބޫޓާން ކަޓައިފި އެވެ.

ސާފްގެ ގައުމުތަކުގެ ތެރެއިންއިންޑިއާ އަށް ސީދާ ކޮލިފައިން ގްރޫޕް ސްޓޭޖުން ފުރުސަތު ލިބިފައިވާއިރު، ނޭޕާލް، ބަންގްލަދޭޝް އަދި ޕާކިސްތާން ވެސް ވަނީ ކޮލިފައިން ގްރޫޕް ސްޓޭޖަށް ދަތުރުކޮށްފަ އެވެ.

ކޮލިފައިން ޕްރިލިމިނަރ ފުރަތަމަ ބުުރުގެ ދެ ވަނަ ލެގުގެ މެޗުތައް މިއަދު ކުޅުނުއިރު، ބަންގްލަދޭޝް އިން ވަނީ 2-1 އިން ރާއްޖެ ބަލިކޮށް، 3-2 ގެ އެގްރިގޭޓް ނަތީޖާއަކުން ކުރިހޯދައިފަ އެވެ.

މިއީ، ވޯލްޑް ކަޕް ކޮލިފައިން ޕްރިލިމިނަރީ ބުރުން ރާއްޖެ މި ފަހުން ކެޓި ފުރަތަމަ ފަހަރެެވެ. އެންމެ ފަހުން ރާއްޖެ، ޕްރިލިމިނަރީ ބުރުން ކެޓީ 2007 ވަނަ އަހަރު އެވެ. އެ ފަހަރު ޔަމަނާ ދެކޮޅަށް ކުޅެ މާލޭގައި 2-0 އިން މޮޅުވި ނަމަވެސް، ޔަމަން ދަނޑުގައި ކުޅުނު ލެގުން، ރާއްޖެ ވަނީ 3-0 އިން ބަލިވެފަ އެވެ.

ލަންކާ އިން މިއަދު އެ ގައުމުގައި ކުޅުނު، ކޮލިފައިން ދެ ވަަނަ ލެގުގެ މެޗު ނިންމާލީ ޔަމަނާ ދެކޮޅަށް 1-1 އިން އެއްވަރުވެގެންނެވެ. އެގްރިގޭޓަށް ބަލާއިރު، ޔަމަން ވަނީ 4-1 އިން ކުރިހޯދައިފަ އެވެ. މިއީ .ފީފާގެ ސަސްޕެންޝަނުގައި ހަތް މަސް ދުވަސް ހޭދަކުރުމަށް ފަހު، ލަންކާ އިން އެނބުރި އައިސް، ކުޅުނު ބައިނަލްއަގުވާމީ ފުރަތަމަ ދެ މެޗެވެ.

ކޮވިޑް-19ގެ ސަބަބުން ރަސްމީ ލެވަލްގައި ބައިނަލްއަގުވާމީ ފުޓްބޯޅަ ހުއްޓާލާފައި އޮތް ބޫޓާނުން އަލުން މެޗުތައް ކުޅެން ފެށީ މިިދިޔަ ޖޫން/ޖުލައި މަހު އިންޑިއާގައި ބޭއްވި ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ ގޮތުންނެވެ. ބޫޓާނުން މިއަދު އެ ގައުމުގައި ކުޅުނު ދެ ވަނަ ލެގުން ވަނީ ހޮން ކޮންގް އަތުން 2-0 އިން މޮޅުވެފަ އެވެ. އެގްރިގޭޓަށް ބަލާއިރު، ހޮން ކޮންގަށް ކުރި ލިބުނީ 4-2 އިންނެވެ.

ޕާކިސްތާނުން ވަނީ އަމިއްލަ ދަނޑުގައި ކުޅުނު ދެ ވަނަ ލެގުގައި ކެމްބޯޑިއާ އަތުން 1-0 އިން މޮޅުވެ، 34 އަހަރު ތެރޭ ފުރަތަމަ ފަހަރަށް ވޯލްޑް ކަޕް ކޮލިފައިން މެޗަކުން މޮޅުވެފަ އެވެ. ޕާކިސްތާނުން ވަނީ މި މަހު ކުރީކޮޅުގައި ވޯލްޑް ކަޕް ކޮލިފައިން އަށް ތައްޔާރުވުމުގެ ގޮތުން، އިންޑިއާ އާއި ނޭޕާލްގެ ކުރީގެ ކޯޗު، ސްޓެފަން ކޮންސްޓަންޓިންއާ ޓީމު ހަވާލުކޮށްފަ އެވެ. ދެ ލެގަށް ބަލާއިރު، ޕާކިސްތާނުން ކެމްބޯޑިއާގެ މައްޗަށް ކުރިހޯދީ ވެސް 1-0 އިންނެވެ.

ނޭޕާލުން ވަނީ ދެ ލެގު ކުޅެގެން. ލާއޯސް 2-1 އިން ބަލިކޮށްފަ އެވެ. ނޭޕާލްގައި ކުޅުނު ދެ ވަނަ ލެގުގެ މެޗުން އެ ޓީމު މޮޅުވީ 1-0 އިންނެވެ. މިއީ، މި އަހަރު ނޭޕާލާ ހަވާލުވި އިޓަލީގެ ކޯޗު ވިންޗެންޒޯ އަލްބާޓޯ އަށް ލިބުނު ބޮޑު މޮޅެކެވެ.

ވޯލްޑް ކަޕް ކޮލިފައިންގައި ސާފްގެ ޓީމުތައް ކުޅެން ޖެހޭ ގްރޫޕްތައް:

ގްރޫޕް އޭ: އިންޑިއާ، ގަތަރު، ކުވެއިތު، އަފްގާނިސްތާން

ގްރޫޕް ޖީ: ސައުދީ އަރަބިއްޔާ، ޖޯޑަން، ތަޖިކިސްތާން، ޕާކިސްތާން

ގްރޫޕް އެޗް: ޔޫއޭއީ، ބަހްރޭން، ޔަމަން، ނޭޕާލް

ގްރޫޕް އައި: އޮސްޓްރޭލިއާ، ބަންގްލަދޭޝް، ފަލަސްތީން، ލެބަނަން