16 އޮކްޓޯބަރު 2023 - 19:28 0
މުހައްމަދު ޖަމްޝަތު ވަހީދު
16 އޮކްޓޯބަރު 2023 - 19:28 0
ރާއްޖޭގައި ހިންގާ އެކި ޕްރޮޖެކްޓުތަކުން އާމްދަނީ އިން ޓެކްސް ނެގުމުގެ ގާނޫނުގެ ދަށުން އިސްތިސްނާ ދީފައިވާ މަޝްރޫއުތަކުގެ ލިސްޓުގައި އިންޑިއާގެ ކުންފުނިތަކުން ހިންގާ އިތުރު ޕްރޮޖެކްޓުތަކެއް ފިނޭންސް މިނިސްޓްރީން ހިމަނައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ވިޔަފާރި މަޝްރޫއުތަކާއި ދާއިރާ ތަކުން ލިބޭ އާމްދަނީން ޓެކްސް ދެއްކުމުން ހާއްސަ އިސްތިސްނާ ދެވެ އެވެ. ރައީސްއަށް ލިބޭ ބާރުގެ ދަށުން މި އަހަރުގެ ފެބްރުއަރީގައި ވެސް 10 ޕްރޮޖެކްޓަކުން ޓެކްސް މާފުކޮށްދީފައިވެ އެވެ.
ޓެކްސް ދައްކަން ނުޖެހޭ ޕްރޮޖެކްޓުތަކުގެ ލިސްޓަށް އިތުރު 10 ޕްރޮޖެކްޓެއް ހިމަނައި ފިނޭންސް މިނިސްޓްރީން ވަނީ އަދާހަމަ ލިސްޓެއް މިއަދު ނެރެފަ އެވެ. އެ ލިސްޓުގައި ހިމަނާފައިވަނީ އިންޑިއާގެ ކުންފުނިތަކާ ހަވާލުކޮށްގެން ކުރިއަށްގެންދާ ޕްރޮޖެކްޓުތަކެވެ.
އޭގެ ތެރޭގައި ގަން އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއާއި އައްޑޫގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ އިތުރުން ފަހި ދިރުއުޅުން ފްލެޓުތަކުގެ ޕްރޮޖެކްޓުވެސް ހިމެނެ އެވެ.
ޓެކްސް ދައްކަން ނުޖެހޭ ގޮތަށް ކުރިން ކަނޑައަޅާފައިވާ ޕްރޮޖެކްޓުތަކުގެ ތެރޭގައި ވެސް ހިމެނެނީ އިންޑިއާގެ ކުންފުނިތަކަށް ދީފައިވާ ބިޔަ ޕްރޮޖެކްޓުތަކެވެ. އޭގެ ތެރޭގައި އޭގެތެރޭގައި ގުޅީފަޅު މަޝްރޫ އާއި އައްޑޫ މަގުހެދުން އަދި ތިލަމާލެ ބްރިޖުގެ މަޝްރޫއު ހިމެނެ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment