Advertisement

އިޒްރޭލުގެ ހަމަލާތަކުގައި ގާޒާގެ 45 އާއިލާ އެއްކޮށް ވުޖޫދުން ފޮހެލައިފި

15 އޮކްޓޯބަރު 2023 - 13:30 1

އަހުމަދު އާއިދު

އަހުމަދު އާއިދު

އިޒްރޭލުގެ ހަމަލާއެއްގައި ފުނޑުފުނޑުވި ގާޒާގެ ޔަސިން މިސްކިތް ކައިރި އިމާރާތެއްގައި ފިރިހެނަކު ހުއްޓިލައިގެން : އިޒްރޭލުގެ ހަމަލާތައް ވަނީ އާންމުންގެ ގެތަކަށާއި މިސްކިތްތަކާއި ހޮސްޕިޓަލުތައް އަދި ސްކޫލުތަކަށްވެސް އަމާޒުވެފަ - ފޮޓޯ: ނިއުޔޯކް ޓައިމްސް


އިޒްރޭލުގެ ހަމަލާތަކުގައި ގާޒާގެ 45 އާއިލާ އެއްކޮށް ވުޖޫދުން ފޮހެލައިފި

15 އޮކްޓޯބަރު 2023 - 13:30 1

މި މަހުގެ ހަތްވަނަ ދުވަހު ފަލަސްތީނުގެ ހަމާސް ޖަމާއަތާ ދެކޮޅަށް ފެށި ހަނގުރާމާގައި އިޒްރޭލުން ގާޒާއަށް ދިން ހަމަލާތަކުގައި 45 އާއިލާއެއް އެކުގައި ވުޖޫދުން ފޮހެލައިފި ކަމަށް ގާޒާގެ ހެލްތު މިނިސްޓްރީން ބުނެފި އެވެ.

ޖުމްލަ 2.3 މިލިއަން މީހުން ދިރިއުޅޭ ގާޒާއަށް އިޒްރޭލުން ހަމަލާދޭން ފެށީ ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތް ކުރާ ޖަމާއަތެއް ކަމަށްވާ ހަމާސް އިން އިޒްރޭލަށް ދިން ހަމަލާތަކުގެ ބަދަލު ހިފުމުގެ ގޮތުންނެވެ. ވޭތުވެދިޔަ ހަފުތާގެ ތެރޭގައި އިޒްރޭލުން ވަނި މެދުކެނޑުމެއްނެތި ގާޒާއަށް ހަމަލާދީފަ އެވެ.

"އިޒްރޭލުގެ ހަމަލާތަކުގައި، އާއިލާގެ ހުރިހާ މެންބަރުން ޝަހީދުވުމުގެ ސަބަބުން، ގާޒާގެ 45 އާއިލާއެއް ވަނީ ގާޒާގެ ސިވިލް ރަޖިސްޓްރީއިން އެކުގައި ފޮހެވިފަ" ގާޒާގެ ހެލްތު މިނިސްޓްރީން ބުނެފައިވެ އެވެ.

ގާޒާގެ އޮފިޝަލުން ރިޕޯޓުކުރާ ގޮތުން އިޒްރޭލުގެ ހަމަލާތަކުގައި ގާޒާގައި 2,329 މީހުން ވަނީ ޝަހީދުކޮށްލާފަ އެވެ. އޭގެ ތެރޭގައި 700 އަށްވުރެ ގިނަ ކުޑަކުދިން ހިމެނެ އެވެ. ގާޒާގައި އަނިޔާވި މީހުންގެ އަދަދު އުޅެނީ 9,714 ގަ އެވެ. އަދި، ވެރިވެގަނެފައިވާ ހުޅަނގު އައްސޭރީގައި އިޒްރޭލުން ވަނީ ފަލަސްތީނުގެ 51 މީހުން ޝަހީދުކޮށްލާފަ އެވެ.

ހަނގުރާމައަށް ހަފުތާއެއް ވެފައިވާއިރު، އިޒްރޭލުން މިހާރު ދަނީ އުތުރު ގާޒާއަށް ބިމުގެ މަގުން އެރުމަށް ތައްޔާރުވަމުންނެވެ. އެގޮތުން އުތުރު ގާޒާގައި ދިރިއުޅޭ މިލިނެއްހާ މީހުން ގެދޮރު ދޫކޮށް ދެކުނަށް ބަދަލުވުމަށް އިޒްރޭލުން މިހާރު ވަނީ އިންޒާރުދީފަ އެވެ. އެ އިންޒާރާއެކު ދެކުނަށް ބަދަލުވަމުންދިޔަ ގާފިލާއަކަށްވެސް އިޒްރޭލުން ހަމަލާދީފައިވެ އެވެ. އެ ހަމަލާގައި އެކަނިވެސް 70 އަށްވުރެ ގިނަ ފަލަސްތީނުގެ ރައްޔިތުން ޝަހީދުވި އެވެ.

ގާޒާގެ އިތުރުން އިޒްރޭލުން ވަނީ ލުބުނާނަށާއި ސީރިއާއަށް ވެސް ހަމަލާދީފަ އެވެ. ލުބުނާނުގެ އަސްކަރީ މަރުކަޒަކަށާއި ސީރިއާގެ މައި ދެ އެއާޕޯޓަށް އިޒްރޭލުން ހަމަލާދީފައިވެ އެވެ.