13 އޮކްޓޯބަރު 2023 - 20:17 0
13 އޮކްޓޯބަރު 2023 - 20:17 0
ފަލަސްތީނާ ދެކޮޅަށް އިޒްރާއީލުން ދެމުންދާ ހަމަލާތަކާ ގުޅޭގޮތުން ސޯޝަލް މީޑިއާ ޕްލެޓްފޯމް "އެކްސް" މެދުވެރިކޮށް ދޮގު މައުލޫމާތު ފަތުރަމުންދާ ކަމަށް ބުނެ ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން އެ ކުންފުންޏާ ދެކޮޅަށް ތަހުގީގެއް ފަށައިފި އެވެ.
އީޔޫއިން ޓެކްނޮލޮޖީއާ ގުޅިގެން އެކުލަވާލި އާ ގަވާއިދުގެ ދަށުން ހިންގާ މި ތަހުގީގަކީ ހަމާސްއިން ޓެރަރިޒަމަށް ހިތްވަރުދީ އަނިޔާވެރި ކޮންޓެންޓް "އެކްސް" ގައި ދައުރުކުރަމުންދާ ކަމަށް ބުނެ އީޔޫއިން ފެށި ތަހުގީގެކެވެ.
އެ ކުންފުނިން ހާމަކުރި ގޮތުގައި ހަމާސްއަށް ނިސްބަތްވާ އަދި އެ ޖަމާއަތަށް ހިތްވަރުދޭ އެތައް ސަތޭކަ އެކައުންޓެއް ވަނީ ބްލޮކްކޮށް ނައްތާލާފަ އެވެ. ނަމަވެސް, "އެކްސް" ގެ ސީއީއޯ އަދި މަހުޖަނު އިލޮން މަސްކަށް ފޮނުވި ސިޓީއެއްގައި އީޔޫއިން ވަނީ ޓެރަރިޒަމާ ގުޅުންހުރި ވީޑިއޯ އަދި ކޮންޓެންޓް އެ ޕްލެޓްފޯމުން ނަގާފައި ނުވާ ކަމަށް ބުނެފަ އެވެ.
ދޮގު މައުލޫމާތާ ދެކޮޅަށް އެކަށީގެންވާ މަސައްކަތްތަކެއް ކުރަމުން ނުދާ ކަމަށް ބުނެ އީޔޫއިން ވަނީ ފޭސްބުކް ހިންގާ މެޓަ ކުންފުންޏާއި ޓިކްޓޮކަށް ވެސް އިންޒާރު ދީފަ އެވެ.
ފަލަސްތީނަށް ދެމުންދާ ހަމަލާތަކާ ގުޅޭގޮތުން ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމުތަކުގައި ދޮގު ހަބަރާއި މައުލޫމާތު ވެސް ދަނީ ދައުރުކުރަމުންނެވެ. ވަކިން ހާއްސަކޮށް އިޒްރޭލުން ހިންގަމުންދާ ހަނގުރާމައިގެ ޖަރީމާތައް ފޮރުވުމަށް އަމާޒުކޮށް ކެމްޕޭންތަކެއް ވެސް ދަނީ ހިންގަމުންނެވެ.
Comment