Advertisement

މުއިއްޒުގެ ޕްލޭނަކީ މާލޭގެ ހުރިހާ މަގެއް ރަނގަޅު ފެންވަރަކަށް ހެދުން، ބޮޑެތި މަގުތަކުގައި ތާރުއަޅާނެ

13 އޮކްޓޯބަރު 2023 - 09:00 0

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

މާލޭގެ އަމީނީ މަގު، އިންތިހާބީ ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވީ މިމަގު ނިންމައި މާލޭގެ އެެހެން މަގުތައް ވެސް ހަދާނެކަމަށް. ފޮޓޯ: އަބްދުﷲ އިޔާން/އަދަދު


މުއިއްޒުގެ ޕްލޭނަކީ މާލޭގެ ހުރިހާ މަގެއް ރަނގަޅު ފެންވަރަކަށް ހެދުން، ބޮޑެތި މަގުތަކުގައި ތާރުއަޅާނެ

13 އޮކްޓޯބަރު 2023 - 09:00 0

ނޮވެމްބަރު 17 ގައި އުފެދޭ އާ ސަރުކާރުން މާލޭގެ ހުރިހާ މަގެއް ރަނގަޅު ފެންވަރަށް ހަދާނެ ކަަމަށާއި މައިމަގުތަކުގައި ތާރު އަޅާނެ ކަމަށް އިންތިހާބީ ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ސަންގުޓީވީއަށް ދެއްވި ހާއްސަ އިންޓަވިއުއްގައި މުއިއްޒު ވިދާޅުވީ "އަމީނީ މަގުގެ މަޝްރޫއު ނިމުގެ ކުރިން ނިމޭނީ މި ސަރުކާރު" ކަމަށް ވިދާޅުވީ ޖޯކެއްގެ ގޮތުގައި ކަމަށާއި އެހެން ނަމަވެސް އެކަން ހަގީގަތަކަށް ވެއްޖެ ކަމަށެވެ. އެކަން ހަގީގަތަކަށް ވީމާ (ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ދައުރު ނިމުނު އިރު އަމީނީ މަގުގެ މަސައްކަތް ނުނިމި އޮތުމުން) "ވަރަށް ދެރަވެއްޖެ" ކަމަށް ވެސް ވިދާޅުވި އެވެ.

"އެ މަޝްރޫއު ވެސް އިރާދަކުރެއްވިއްޔާ އަޅުގަނޑު ނިންމާނަން. ދެން މުޅި މާލޭގެ ހުރިހާ މަގުތަކެއް އިރާދަކުރެއްވިއްޔާ ހަދާނަން. ދެން އެއް އަހަރަކުން ނުއެއް ހެދޭނެ ކޮންމެ ގޮތަކުން ވިޔަސް. މައިގަނޑު ހުރިހާ މަގެއްގައި ތާރު އަޅައިގެން، ހަނި ގޯޅިތަކުގައި ގާ އެތުރުން އަޅުގަނޑުމެންގެ ވިސްނުމަކީ،" މުއިއްޒު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި އެ މަސައްކަތް ކުރިއަށް ގެންދާނީ ލާމަރުކަޒީ ނިޒާމުގެ ތެރެއިން ސިޓީ ކައުންސިލު މެދުވެރިކޮށެވެ.

މާލޭގެ މޭޔަރުގެ މަގާމުގައި އަދިވެސް ހުންނެވި މުއިއްޒު ވިދާޅުވީ މާލޭގެ މަގުތައް ހެދުމުގެ މަޝްރޫއު އެމަނިކުފާނުގެ ސަރުކާރުން އަނބުރާ ސިޓީ ކައުންސިލާ ހަވާލުކުރާނެ ކަމަށެވެ. މާލޭގެ މަގުތައް ރަނގަޅު ފެންވަރަކަށް ހަދަން ސިޓީ ކައުންސިލާ ހަވާލުކޮށްފައި އޮތުމަށް ފަހު އެ މަޝްރޫއަކީ މަައި ސަރުކާރުން ހިންގާ މަޝްރޫއަކަށް ބަދަލުކުރީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުންނެވެ.