Advertisement

މެލޭޝިއާގެ އުސް އިމާރާތަކުން ވެއްޓި ދިވެހި ޒުވާނަކު މަރުވެއްޖެ

10 އޮކްޓޯބަރު 2023 - 19:07 0

އަމަން ހަލީމް

އަމަން ހަލީމް

އިމާރާތުން ވެއްޓި މަރުވި އުމަރު އަހުމަދު ނައީމް: އޭނާއަކީ މެލޭޝިއާގައި އާކިޓެކްޗާ ކިޔަވަމުން ދިޔަ ދަރިވަރެއް -- ފޮޓޯ/އާއިލާ


މެލޭޝިއާގެ އުސް އިމާރާތަކުން ވެއްޓި ދިވެހި ޒުވާނަކު މަރުވެއްޖެ

10 އޮކްޓޯބަރު 2023 - 19:07 0

މެލޭޝިއާގައި ހުރި 20 ބުރި އިމާރާތަކުން ދިވެހި ދަރިވަރަކު މިއަދު ވެއްޓި މަރުވެއްޖެ އެވެ.

"އަދަދު" ނޫހަށް އެނގިފައިވާ ގޮތުގައި މަރުވީ އުމަރު އަހުމަދު ނައީމް، ގަހާތަރީގެ، އައްޑޫ ސިޓީ ހިތަދޫ، 22 އަހަރެވެ. އައްޑޫ ސިޓީ ހިތަދޫއަށް ނިސްބަތްވާ މި ޒުވާނާއަކީ މެލޭޝިއާގެ އިންފްރާސްޓްރަކްޗާ ޔުނިވާސިޓީ ކުއަލަ ލަމްޕޫރު (އައިޔޫކޭއެލް)ގައި އާކިޓެކްޗާ ކިޔަވަމުން ދިޔަ ދަރިވަރެކެވެ. މިއީ އެ ދަރިވަރުގެ ކޯހުގެ އެންމެ ފަހު އަހަރެވެ.

މެލޭޝިއާގައި ހުރި ދިވެއްސަކު މި ނޫހަށް ކިޔައިދިން ގޮތުގައި އުމަރު ވެއްޓުނީ އައިޔޫކޭއެލްގެ ރަސްމީ ރެސިޑެންސް ހުންނަ ޔުނިޕާކް ކޮންޑޯގެ 14 ވަނަ ފަންގިފިލާއިންނެވެ. އެ ހާދިސާ ހިނގީ މެލޭޝިއާ ގަޑިން ރޭގަނޑު 7:00 (ރާއްޖޭ ގަޑިން ހަވީރު 4:00) ހާއިރެވެ.

އެ ފަންގިފިލާއިން ވެއްޓުނު ނަމަވެސް އޭނާ ދިރިއުޅޭ އެޕާޓްމަންޓް ހުންނަނީ ހަތް ވަނަ ފަންގިފިލާގަ އެވެ. މިހާތަނަށް ކުރެވުނު މަސައްކަތުން އޭނާ 14 ވަނަ ފަންގިފިލާގައި ހުރީ ކޮން ބޭނުމެއްގައި ކަމެއް ސާފެއް ނުވެ އެވެ. އަދި ވެއްޓުނީ ކީއްވެގެން ކަމެއް އަދި ނޭނގެ އެވެ.

މި މަރުގެ މައްސަލަ މެލޭޝިއާ ފުލުހުން ތަހުގީގު ކުރަމުން އަންނަ އިރު ޕޯސްޓްމޯޓަމް ހަދަން ހަށިގަނޑު ވަނީ ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.