Advertisement

ބްރެޒިލްގެ ކުރީގެ ކޯޗު ޓީޓޭ ފްލަމެންގޯއާ ހަވާލުވެއްޖެ

10 އޮކްޓޯބަރު 2023 - 11:14 0


ބްރެޒިލްގެ ކުރީގެ ކޯޗު ޓީޓޭ ފްލަމެންގޯއާ ހަވާލުވެއްޖެ

10 އޮކްޓޯބަރު 2023 - 11:14 0

ރިއޯ ޑި ޖަނެެއިރޯ، ބްރެޒިލް (އޮކްޓޫބަރު 10) - ބްރެޒިލްގެ ގައުމީ ޓީމުގެ ކުރީގެ ކޯޗު ޓީޓޭ ބްރެޒިލްގެ މަޝްހޫރު ކްލަބެއް ކަމަށްވާ ފްލަމެންގޯގެ ކޯޗުކަމާ ހަވާލުވެއްޖެ އެވެ.

ފްލަމެންގޯ އިން ޓީޓޭ، 62، އެ ޓީމުގެ ކޯޗަކަށް މި ހަމަޖެއްސީ މީގެ ދެ ހަފުތާއެއްހާ ދުވަސް ކުރިން އެ ޓީމުގެ ކޯޗުކަމުން ޖޯޖް ސަމްޕައޯލީ ވަކިކުރުމަށްފަހު އެވެ.

ބްރެޒިލްގެ ކޯޗުކަމުން ޓީޓޭ ވަކިވީ މިދިޔަ އަހަރުގެ ގަތަރުގައި އޮތް ފީފާ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުން އެ ޓީމުގެ ކެޓުމުންނެވެ.

ޓީޓޭ ވަނީ ބްރެޒިލްގެ ގައުމީ ޓީމުގައި ހަ އަހަރު ހޭދަކޮށްފަ އެވެ. ޓީޓޭގެ އިރުޝާދުގެ ދަށުން ޖުމްލަ 81 މެޗު ބްރެޒިލް ކުޅުނުއިރު، 60 މެޗުން ވަނީ މޮޅުވެފަ އެވެ. ފަނަރަ މެޗު އެއްވަރުވިއިރު، ބްރެޒިލް ބަލިވީ ހަ މެޗުންނެވެ.

ޓީޓޭގެ އިރުޝާދުގެ ދަށުން ބްރެޒިލް ވަނީ 2019 ވަނަ އަހަރުގެ ކޮޕާ އެމެރިކާ ކާމިޔާބުކޮށްފަ އެވެ. ފްލަމެންގޯގެ ކޯޗު ސަމްޕައޯލީ ވަކިކުރީ މިދިޔަ މަހުއެވެ. އެ މަގާމުގައި ސަމްޕައޯލީ ހޭދަކުރީ ފަސް މަހެވެ.