Advertisement

ހުލާސާކޮށް އިއްޔެ: ފަޒުނާ އާއި ސާޖިދާގެ ބައްދަލުވުން

10 އޮކްޓޯބަރު 2023 - 06:39 0

ރައީސް ސޯލިހުގެ އަނބިކަނބަލުން އަދި އިންތިހާބީ ރައީސް ޑރ. މުއިއްޒުގެ އަނބިކަނބަލުން. -- ފޮޓޯ: ރައީސް އޮފީސް


ހުލާސާކޮށް އިއްޔެ: ފަޒުނާ އާއި ސާޖިދާގެ ބައްދަލުވުން

10 އޮކްޓޯބަރު 2023 - 06:39 0

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަނބިކަނބަލުން ފަޒުނާ އަހުމަދު އާއި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު އިއްޔެ ބައްދަލު ކުރެއްވި އެވެ.

ރައީސް އޮފީހުގެ 'އެކްސް' އެކައުންޓުން ކުރި ޕޯސްޓެއްގައި ބުނީ ފަޒުނާ އާއި ސާޖިދާ ބައްދަލުކުރައްވީ ރައީސުލްޖުމްހޫރިއްޔާގެ ރަސްމީގެކޮޅު، މުލިއާގޭގައި ކަމަށެވެ.

މި ބައްދަލުވުމުގައި، ސެޕްޓެމްބަރު 30 ގައި ބޭއްވި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޑރ. މުއިއްޒު ހޯއްދެވި ކާމިޔާބީއާ ގުޅިގެން ސާޖިދާއަށް، ފަޒުނާ ވަނީ މަރުހަބާ ވިދާޅުވެފަ އެވެ. މިއީ ރައީސް އަދި އިންތިހާބީ ރައީސްގެ އަނބިކަނބަލުން އާންމުކޮށް ބައްދަލުކުރެއްވި ފުރަތަމަ ފަހަރެވެ.

ބައްދަލުވުމުގައި އިތުރަށް މަޝްވަރާ ކުރެވުނު ކަންކަމުގެ ތަފުސީލެއް ހާމަކޮށްފައެއް ނުވެ އެވެ.

ރައީސުލްޖުމްހޫރިއްޔާ ދިރިއުޅުއްވުމަށް ދައުލަތުން މިހާރު ހަމަޖައްސާފައިވާ ރަސްމީ ގެކޮޅަކީ މުލީއާގެ އެވެ. އެހެން ނަމަވެސް އެކަން އޮންނަނީ އެއިރަކު ރައީސުލްޖުމްހޫރިއްޔާ ކަމުގައި ހުންނަވާ ބޭފުޅެއްގެ އިހުތިޔާރުގަ އެވެ.

ރައީސް ޔާމީންގެ ވެރިކަމުގެ ފުރަތަމަކޮޅުގައި އެ މަނިކުފާނު އުޅުއްވީ އަމިއްލަ ގެކޮޅު، ގ. ދޫވެހި ގޭގަ އެވެ. އެއަށް ފަހު ރައީސްގެ ރަސްމީގެކޮޅަކަށް ހިލާލީގެ ހަމަޖައްސަވައި، އެ ގެކޮޅަށް ބަދަލުވެވަޑައިގަތެވެ.

މުހިންމު ބައެއް ހަބަރު

ދުވަހުގެ ފޮޓޯ

ރައީސް ސޯލިހުގެ އަނބިކަނބަލުން ފަޒުނާ އާއި އިންތިހާބީ ރައީސް ޑރ. މުއިއްޒުގެ އަނބިކަނބަލުން ފަޒުނާ އިއްޔެ މުލިއާގޭގައި ބައްދަލު ކުރައްވަނީ. -- ފޮޓޯ: ރައީސް އޮފީސް