Advertisement

ޔަމަހާ އިންޖީނު ސާވިސްކުރަން ދަސްކޮށްދޭ ޕްރޮގްރާމެއް އެލިއާ އިން ބާއްވައިފި

8 އޮކްޓޯބަރު 2023 - 10:30 0

މަރިޔަމް އަފާ ނިޒާމް

މަރިޔަމް އަފާ ނިޒާމް

ޔަމަހާ ޓެކްނިކަލް ޓްރެއިނިން ޕްރޮގުރާމްގެ ތެރެއިން. -- ފޮޓޯ: އެލިއާ


ޔަމަހާ އިންޖީނު ސާވިސްކުރަން ދަސްކޮށްދޭ ޕްރޮގްރާމެއް އެލިއާ އިން ބާއްވައިފި

8 އޮކްޓޯބަރު 2023 - 10:30 0

ޖަޕާނުގެ ޔަމަހާ ބްރޭންޑުގެ ޓެކްނިކަލް އެކަޑަމީ އާއި ރާއްޖޭގައި އެ ކުންފުނީގެ އުފެއްދުންތައް ވިއްކާ އެލިއާ އިންވެސްޓްމަންޓްސް ގުޅިގެން ކުރިއަށް ގެންދިޔަ ވައިޓީޓީ ޔަމަހާ ޓެކްނިކަލް ޓްރެއިނިން ޕްރޮގުރާމް ކާމިޔާބުކަމާ އެކު ނިންމާލައިފި އެވެ.

ރާއްޖޭގައި ޔަމަހާ އިންޖީނު ސާވިސްކުރުމުގެ ދާއިރާގައި ހަރަކާތްތެރިވާ މީހުންނަށް ހާއްސަކޮށްގެން ކުރިއަށްގެންދިޔަ ޕްރޮގްރާމުގައި އެކި އިދާރާތަކުންނާއި އަމިއްލަ ކުންފުނިތަކުން ޖުމްލަ 25 މީހަކު ބައިވެރިވެ ޕްރޮގްރާމް ވަނީ ފުރިހަމަކޮށްފަ އެވެ.

މި ޓްރެއިނިން ޕްރޮގްރާމުގައި ކިޔަވައިދެއްވީ ޔަމަހާ ސެޓިފައިޑް، ތަޖުރިބާކާރު އެލިއާގެ ސީނިއާ މެކޭނިކުންގެ ޓީމަކުންނެވެ.

މިދިޔަ ސެޕްޓެމްބަރު 12 ވަނަ ދުވަހު ފެށި ޕްރޮގްރާމުގައި ތިއަރީ ސެޝަންތަކާއި ޕްރެކްޓިކަލް ސެޝަންތައް ވެސް ކުރިއަށް ގެންދިޔަ އެވެ.

އެލިއާއިން ބުނީ މިފަދަ ޓްރެއިނިންތަކުގެ މަގުސަދަކީ ޔަމަހާ އައުޓްބޯޑު އިންޖީނުތަކުގެ ސާވިސް، ރާއްޖޭގެ ކޮންމެ ހިސާބަކުންވެސް ލިބޭނެ މަގު ފަހިކޮށްދިނުން ކަމަށެވެ.

އެލިއާއިން އަންނަނީ މިފަދަ ތަފާތު ޓްރެއިނިން ޕްރޮގްރާމްތައް ރާއްޖޭގައި ހިންގަމުންނެވެ. އެގޮތުން އެ ކުންފުނިން ލޯންޗުތަކުގެ ކެޕްޓަނުންނަށް އަމާޒުކޮށްގެން 2014 ވަނަ އަހަރުން ފެށިގެން ބާއްވަމުންދާ "ބޯޓް އޮޕަރޭޓާސް ޓްރެއިނިން" ޕްރޮގްރާމް ވެސް ކޮވިޑްގެ މެދުކެނޑުމަށްފަހު މި އަހަރު ވަނީ ފަށައިފަ އެވެ.