Advertisement

އިންތިހާބީ ނައިބު ރައީސް ޕީއެންސީއާ ގުޅިވަޑައިގެންނެވިކަން އިއުލާނުކޮށްފި

3 އޮކްޓޯބަރު 2023 - 10:34 0

ހުސެއިން މުހައްމަދު ލަތީފު ރިޔާސީ އިންތިހާބުގައި ވޯޓު ދެއްވަނީ: މަޖިލީހުން ބުނީ އޭނާ ޕީއެންސީއާ ގުޅިވަޑައިގަތީ ރިޔާސީ އިންތިހާބުގެ ކުރިން ކަމަށް -- ފޮޓޯ: މުހައްމަދު ޝާބިން / އަދަދު


އިންތިހާބީ ނައިބު ރައީސް ޕީއެންސީއާ ގުޅިވަޑައިގެންނެވިކަން އިއުލާނުކޮށްފި

3 އޮކްޓޯބަރު 2023 - 10:34 0

އިންތިހާބީ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފު، ޕީޕަލްސް ނެޝަނަލް ކޮންގްރެސްއާ ގުޅިވަޑައިގެންނެވިކަން ރައްޔިތުންގެ މަޖިލީހުގައި މިއަދު އިއުލާނުކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ހުސެއިން މުހައްމަދު ލަތީފު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް އިން ވަކިވެވަޑައިގެން، ޕީއެންސީއަށް ސޮއި ކުރެއްވީ ނިމިދިޔަ ރިޔާސީ އިންތިހާބުގެ ކުރިން ކަމަށެވެ.

"މިހާރު އިންތިހާބުވެފައިވާ ނައިބު ރައީސް ޕާޓީ ބަދަލު ކުރައްވާ، ރިޔާސީ އިންތިހާބުގައި ބައިވެރިވެވަޑައިގަތީ. ބަދަލު ކުރައްވަމުން މަޖިލީހަށް އޮތީ ޑޮކިއުމެންޓްސް ހުށަހަޅުއްވާފައި. އަދި އިލެކްޝަންސް ކޮމިޝަނުން ވެސް ވަނީ މަޖިލީހަށް ޑޮކިއުމެންޓްސް ހުށަހަޅުއްވާފަ،" ނަޝީދު ވިދާޅުވި އެވެ.

އެހެންކަމުން، އިންތިހާބީ ނައިބު ރައީސް މަޖިލީހުގައި މިހާރު ތަމްސީލު ކުރައްވާނީ ޕީއެންސީ ކަމަށް ނަޝީދު ވިދާޅުވި އެވެ.

"އެހެންކަމުން ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 34 ވަނަ މާއްދާގެ ބ. ގެ ދަށުން ފަރެސްމާތޮޑާ ދާއިރާގެ އިއްޒަތްތެރި މެމްބަރު ހުސެއިން މުހައްމަދު ލަތީފު ޕީޕަލްސް ނެޝަނަލް ކޮންގްރެސްއާ ގުޅިވަޑައިގެން ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 37 ވަނަ މާއްދާގެ ނ. ގައި ބަޔާން ކުރާ ލިޔުންތައް ވަނީ މި މަޖިލީހަށް ލިބިފައި،" ނަޝީދު ވިދާޅުވި އެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބު އިދިކޮޅު ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ކާމިޔާބު ކުރެއްވީ ވޯޓުލީ އާބާދީގެ 54 ޕަސެންޓު ވޯޓު ހޯއްދަވައިގެނެވެ. މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގެންނެވީ 46 ޕަސެންޓެވެ.